ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި ސިނގަޕޫރު އެއާލއިންސް އިން ދަތުރުކުރި ޕަސަންޖަރެއް މަރުވެއްޖެކަމަށް އެ އެއާލައިނުން މިއަދު ބުނެފިއެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު ލަންޑަނުން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި “އެސްކިއު321” ފްލައިޓުގައި ކަމަށް އެ އެއާލައިނުން ބުނެއެވެ.
ހާދިސާގައި އެކަކު މަރުވިއިރު ގިނަބަޔަކު ޒަހަމްވެފައިވާކަމަށް ވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ.
ހާދިސާ ހިނގުމާއި ގުޅިގެން މަތިންދާ ބޯޓު ވަނީ ރޫޓު ބަދަލުކޮށް ބެންކޮކުގައި ޖައްސައިފައެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން މި ހާދިސާގައި ހަތް މީހަކަށް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައެވެ.