އިންޑިޔާ އަކީ ދިވެހިންނާ ވަކި ނުކުރެވޭ ވަރުގެ ގާތް ޤައުމެއް: އުމަރު ނަސީރު

Main Featured Lg 202308200154101692521650.8286

އިންޑިޔާ އަކީ ދިވެހިންނާ ވަކި ނުކުރެވޭ ވަރުގެ ގާތް ޤައުމެއްކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިއަދު އާންމުކުރެއްވި ކޮލަމެއްގައި ވިދާޅުވީ, އިންޑިޔާގެ ކަނޑުގެ ރައްކާތެރިކަމަކީ އަޅުގަނޑުމެންގެ ވެސް ރައްކާތެރިކަމެވެ. އިންޑިޔާއާއި ސްރީލަންކާއަށް ނުރައްކަލެއް ފޯރާނެ އެއްވެސް ކަމެއް އަޅުގަނޑުމެންގެ ރަށްތަކުގަޔާއި، އަޅުގަޑުމެންގެ ވަށައިގެންވާ ކަޑުގައި ނުހިނގާނެ ކަން ކަށަވަރު ކޮށްދިނުމަކީ، އަވަށްޓެރިއެއްގެ ޙައިޞިއްޔަތުން އަޅުގަނޑުމެންގެ ޒިންމާ އެއްކަމަށެވެ.

އުމަރު ނަސީރު ކޮލަމުގައި ވިދާޅުވެފައިވަނީ, އިންޑިޔާގެ ކުރިއެރުމަކީ ދިވެހިރާއްޖެއަށް ވެސް ލިބޭނެ ކުރިއެރުމެއްކަމަށެވެ.

” އެމީހުންނާ މެދު ބަދު ބަސް އަޅުގަނޑުމެން ބުނެގެންނުވާނެ. ނަމަވެސް އިންޑިޔާގެ އަސްކަރިއްޔާ މި ފަސްގަނޑުގައި ތިބުމަށް ޖާގައެއް ނުދެވޭނެ,” -އުމަރު ނަސީރު-.

އުމަރު ނަސީރުގެ ކޮލަމުގައި އިތުރަށް ވިދާޅުވެފައިވަނީ, 14 އަހަރު ވަންދެން އިންޑިޔާގެ އަސްކަރިއްޔާއިން ރާއްޖޭގެ ފަސްގަނޑުގައި ފައި ހަރުކޮށްގެން މިތިބެވުނީ ރާއްޖޭގެ ވެރިންގެ އަދި ސިޔާސީ ބޭފުޅުންގެ ވިސްނުން ތިލަ ކަމުންނެވެ.

“ބޭރުގެ އެކިއެކި އަސްކަރިއްޔާތައް އެކިއެކި ނަންނަމުގައި އެހެން ޤައުމުތަކަށް އަރައި ފައިގަދަ ކުރުމަކީ ޒަމާނުއްސުރެ ހިނގަމުންދާ ކަމެކެވެ. އެކަމަށް ލޯހުޅުވައިގެން ތިބުމަކީ އަޅުގަނޑުމެންގެ ވެރިން ކުރަންޖެހޭ ކަމެކެވެ. އިންޑިޔާ، ޗައިނާ، އެމެރިކާ އަދި ރަޝިޔާ ފަދަ ބޮޑެތި ހުރިހާ ޤައުމަކުން ހަންފަތުރަން މަސައްކަތް ކުރާނެ. އަޅުގަނޑުމެންގެ ގޭދޮރުމަތީ އެ ހަންގަނޑު ފަތުރަން ހުއްދަ ނުދީ ހިފެހެއްޓުމަކީ އަޅުގަނޑުމެންގެ ޒިންމާ އެއް,” ކަމަށް ވެސް އުމަރުގެ ކޮލަމުގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެއިން ފައިބައި, އިންޑިއާގެ މަދަނީ މީހުން ރާއްޖޭގައި ގާއިމްކުރިކަމަށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ބުނި ނަމަވެސް, އުމަރުގެ ކޮލަމުގައި މިއަދު ވަނީ އެއީ ދޮގެއްކަމަށް ވިދާޅުވެފައެވެ.

“އިންޑިޔާގެ ނޭވީ ގައި ރަޖިސްޓްރީ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި، ޑޯނިޔާ މަތިންދާ ބޯޓަކާއި، ރާޑަރު ތަކާ އަދި އެތަކެތި އޮޕަރޭޓް ކުރުމަށް އައިސް ތިބި، އިންޑިޔާގެ އަސްކަރިއްޔާގެ މުވައްޒަފުން އަދިވެސް ރާއްޖެގައި ގާއިމްވެ ކުރިންވެސް ތިބި ތަންތާ ހަމަ އެގޮތަށް އެބަތި,” ކަމަށް އުމަރުމިއަދު ވިދާޅުވިއެވެ.

ލ އަތޮޅުގައާއި، އައްޑުއޮތޮޅުގައާއި އަދި ހަނިމާދޫގައި ކުރިންވެސް އޮޕްރޭޓް ކުރަމުން ގެދިޔަ އިންޑިޔާގެ އަސްކަރީ އުޅަނދުތައް އަދިވެސް އެގެންދަނީ އިންޑިޔާގެ މީހުން އޮޕަރޭޓް ކުރަމުންނެވެ. މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ގެނެވުނު ބަދަލަކީ ޔުނިފޯރމް އަޅައިގެން މި މަސައްކަތުގައި ތިބި އިންޑިޔާގެ ސިފައިން އަނބުރާ ގެންގޮސް، ‘ޔުނިފޯރމް ނާޅާ ބަޔަކު އެ މަސައްކަތުގައި ބައިތިއްބައިފިން’ ކަމަށް އިންޑިޔާ އިން ބުނަންފެށީއެވެ. އާ ‘ނެރެޓިވް’ އެއް އުފަންކުރަން ކުރިކަމެއްކަމަށް އުމަރު ނަސީރު ތުހުމަތުކުރައްވައެވެ.

ދިވެހިން އަދިވެސް އެދެނީ، އިތުރު ބަހަނާއެއް ދެއްކުމަކާނުލާ، އިންޑިޔާގެ އަސްކަރިއްޔާގެ ހުރިހާ އުޅަނދުތަކާއި، ރާޑަރުތަކާ އަދި “އެތަކެތި އޮޕަރޭޓް ކުރަން ތިބި އެޤައުމުގެ މީހުންނާ އެކު ރާއްޖޭން ފޭބުމަށް,” -އުމަރު ނަސީރު-.

އުަމަރުގެ ކޮލަމް ނިންމާލަމުން ވިދާޅުވެފައިވަނީ ނޮވެމްބަރު 3ގައި ރާއްޖެ އައި އިންޑިޔާ ސިފައިން ވެސް ފޭބި ކަމަށާއި, އެމީހުން ފޭބީ އެމީހުންގެ އުޅަދުތަކާ އެމީހުންގެ ހުރިހާ އެއްޗެއް ހިފައިގެންނެވެ. އެހެން ބަޔަކު އިންޑިޔާއިން ގެނެސް އެތަކެތި ދުއްވަން ހަވާލުކޮށްފައެއް ނޫންކަމަށެވެ.

ފަހުގެ