ސްކޫލް ބަންދާ ދިމާކޮށް، މޯލްޑިވިއަން އިން ޓްރިވެންޑްރަމް އަދި ކޮޗިންއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

3

ސްކޫލް ބަންދާ ދިމާކޮށް، މޯލްޑިވިއަން އެއާލައިންސްއިން ޓްރިވެންޑްރަމް އަދި ކޮޗިންއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

މޯލްޑިވިއަންއިން ޓްރިވެންޑްރަމްއަށް ފްލައިޓްތައް އިތުރުކުރީ މެއި 6، 10، އަދި 20 ގައި ދަތުރު ކުރުމަށެވެ. މިގޮތުން މާލެއިން ޓްރިވެންޑްރަމްއަށް ރޭގަނޑު 19:35 އަށް ފުރާގޮތަށް ޝެޑިއުލްކޮށްފައިވާއިރު، ޓްރިވެންޑްރަމްއިން މާލެއަށް އައުމަށް ޝެޑިއުލްކޮށްފައިވަނީ 22:20 އަށެވެ.

ހަމައެހެންމެ، މޯލްޑިވިއަންއިން ކޮޗިންއަށް ފްލައިޓްތައް އިތުރުކުރީ މެއި 8، 17، 21، އަދި ޖޫން 19 ގައި ދަތުރު ކުރުމަށެވެ. މިގޮތުން މާލެއިން ކޮޗިންއަށް ރޭގަނޑު 19:35 އަށް ފުރުމަށް ޝެޑިއުލްކޮށްފައިވާއިރު، ކޮޗިންއިން މާލެއަށް ދަތުރު ކުރުމަށް ޝެޑިއުލްކޮށްފައިވަނީ 22:35 އަށެވެ.

މީގެ އިތުރުން، މެއި 9 ގައި ފުނަދޫއަށް ވެސް އިތުރު ފްލައިޓެއް ބާއްވަން ނިންމާފައިވާކަން މޯލްޑިވިއަންއިން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން މާލެއިން ފުނަދޫއަށް ހެނދުނު 06:15 ގެ ފްލައިޓުން ފުރާ ގޮތަށް ޝެޑިއުލްކޮށްފައިވާއިރު، ފުނަދޫއިން މާލެއަށް އައުމަށް ޝެޑިއުލްކޮށްފައިވަނީ ހެނދުނު 07:40 ގެ ފްލައިޓުންނެވެ.

ފަހުގެ