ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންކުރެވޭ ކެރެސޯލް، އުނދޯލިފަ އާލާތްތައް ކުޑަކުދިންގެ ބަގީޗާއަށް

Large 149520996146pmqt

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންކުރެވޭ ކެރެސޯލް، އުނދޯލި، އަދި އެހެނިހެން އާލާތްތައް ހިމެނޭ ހާއްސަ ޕާކެއް މާލޭގެ ކުޑަކުދިންގެ ބަގީޗާގައި ހުޅުވައިފިއެވެ.

އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕާކު ރަސްމީކޮށް ހުޅުވާ ދެއްވާފައިވަނީ ސިފައިންގެ ވެރިޔާ މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއެވެ. މި ޕާކު ތަރައްގީކުރީ ރޮޓަރީ ކްލަބް އޮފް މާލެ (އާރްސީއެމް) އާއި ސިފައިންގެ ކުންފުނި ސިފްކޯ ގުޅިގެންނެވެ.

މި ގޮތަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ އާލާތްތައް ހުންނަ ޕާކެއް ތަރައްގީ ކުރީ، އެފަދަ ކުދިންނަށް އާންމު ޕާކުތަކުގެ ބޭނުންހިފުމަށް ދަތިތަކެއް ހުރުމުންނެވެ. މި މަޝްރޫއަކީ ހުރިހާ ކުދިންނަށް ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް އަމާޒުކޮށްގެން ކުރާ މުހިންމު މަސައްކަތެކެވެ.

މި ހާއްސަ ޕާކުގައި ހިމެނެނީ ފުރޮޅުލީ ގޮނޑީގައި ތިބޭ ކުދިންނަށް އެހެން ކުދިންނާ އެކީ ތިބެވޭނެ ގޮތަށް ހަދާފައިވާ ކެރެސޯލާއި، އިށީނދެ ނުތިބެވޭ ކުދިން ބާއްވައިގެން ހެއްލޭ އުނދޯލި ފަދަ އާލާތްތަކެވެ. ހަމައެހެންމެ، ބެލެނިވެރިން ކުދިންނާއެކު އިށީނދެ ކުޅެވޭނެ އާލާތްތައް ވެސް ގާއިމުކޮށްފައިވެއެވެ.

ހުރިހާ ކުދިންނަށް ކުޅިވަރުގެ ބައިވެރިކުރުވުމަށް ހާއްސަ އިންތިޒާމުތައް ހަމަޖެއްސުމަކީ މުހިންމު ކަމެކެވެ. މި ޕާކަކީ އެ ގޮތުން ފާހަގަކޮށްލެވޭ، ކުޑަކުދިންގެ ބަގީޗާއަށް ލިބުނު އިތުރު ފުރިހަމަކަމެކެވެ. މިއީ އެހެން ޕާކުތަކުގައި ވެސް މިފަދަ ވަސީލަތްތައް ގާއިމުކޮށް، ހުރިހާ ކުދިންނަށް އެއްކޮށް ކުޅެލުމުގެ ފުރުސަތު ހޯދައިދިނުމުގެ ފެށުމެއް ކަމަށް އުއްމީދު ކުރެވެއެވެ.

ފަހުގެ