މަސްތުވާތަކެތީގެ ވިޔަފާރިކުރާ އަންހެނަކާއި ހަތަރު ފިރިހެނުން ހައްޔަރުކޮށްފި

Ggjiicbopugcdujzizouulacqfz1esenvhu6h1oy
ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން

މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދިވެހި އަންހެނަކާއި ހަތަރު ފިރިހެނުން ހައްޔަރުކޮށްފިއެވެ.

މާލޭގެ އެޕާޓްމަންޓެއްގެ ތެރެއިން އެއްކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައި، މި ފަރާތްތައް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގައެވެ.

ހައްޔަރުކުރި ފަރާތްތަކުގެ ތެރެއިން ހަތަރު މީހަކު 15 ދުވަހަށް ބަންދުކުރުމަށާއި އަނެއް މީހާ 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

10 ދުވަހަށް ބަންދުކުރި 47 އަހަރުގެ ފިރިހެން މީހާއަކީ، ކުށުގެ ރެކޯޑު އޮންނަ މީހެއްކަމާއި، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ މީހެއްކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. އަދި އޭނާ އެކަން ކުރުމުގައި އިތުރު މީހުން ވެސް ބޭނުންކުރާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ޕެކެޓްތަކާއި ވަސީލަތްތައް ފެނިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަން އެއްކިލޯއަށްވުރެ ގިނަ ކަމަށާއި، ހެރޮއިން އާއި ކެނަބިސްގެ އިތުރުން އެހެން ބާވަތްތައް ވެސް ހިމެނޭކަމަށް ފުލުހުން ބުނެފައިވެއެވެ.

ފަހުގެ