ޑިމޮކްރެޓްސްގެ ފުރަތަމަ ސިޔާސީ ގޮނޑި: ނަޝީދުގެ މަރުހަބާ

Kgmfwskryqrs3hwqk44qqwfk2qlghypieqdwtvit

މަޑުއްވަރީ ކައުންސިލްގެ ރައީސްގެ މަޤާމަށް ބޭއްވި އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީ އޮފް މޯލްޑިވްސް (ޑިމޮކްރެޓްސް) ގެ ކެންޑިޑޭޓު މުޙައްމަދު އާޡިމް ޢަލީ ކާމިޔާބުކުރައްވައިފިއެވެ. މިއީ ޕާޓީ އުފެދުމަށްފަހު އެ ޕާޓީން ކާމިޔާބުކުރި ފުރަތަމަ ސިޔާސީ ގޮނޑި ކަމުގައިވާތީ، ޕާޓީގެ ލީޑަރ ރައީސް މުޙައްމަދު ނަޝީދު ވަނީ އުފަލާއެކު މުޙައްމަދު އާޡިމް ޢަލީއަށް މަރުޙަބާ ވިދާޅުވެފަ އެވެ.

މިދިޔަ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އާޡިމް ވަނީ 194 ވޯޓު ހޯއްދަވައިފަ އެވެ. މިއީ ޕީއެންސީގެ ކެންޑިޑޭޓު ޢަބްދުﷲ ޢަލީ އަށް ލިބުނު 144 ވޯޓަށް ވުރެ 50 ވޯޓުގެ ބޮޑު ކުރިއެކެވެ.

މަޑުއްވަރީ ކައުންސިލުގެ ރައީސް ކަމާ ހަވާލުވި މުޙައްމަދު އާޡިމް ޢަލީ، ވޭތުވެދިޔަ 13 އަހަރު ވަނީ މ. މަޑުއްވަރީ ކައުންސިލް އިދާރާގައި މަސައްކަތް ކުރައްވާފަ އެވެ. ފުރަތަމަ ކައުންސިލް މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާކުރެއްވި އޭނާ، ދެން ސިޔާސީ ދަތުރު ފެއްޓެވީ ޑިމޮކްރެޓިކް ޕާޓީން ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލައްވައިގެންނެވެ.

މި ކާމިޔާބީ އާ ގުޅިގެން ޑިމޮކްރެޓްސްގެ ލީޑަރު ރައީސް މުހައްމަދު ނަޝީދު ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. “މަޑުއްވަރި ކައުންސިލްގެ ރައީސްކަން ޑިމޮކްރެޓިކް ޕާޓީއަށް ކާމިޔާބު ކޮށްދެއްވި މުޙައްމަދު އާޡިމަށް މަރުޙަބާ! ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުކުރި ފުރަތަމަ ސިޔާސީ މަޤާމު ވެސް މިއީ. ވަރަށް އުފާވެއްޖެ” މިފަދައިން ރައީސް ނަޝީދު ވިދާޅުވި އެވެ.

ޑިމޮކްރެޓިކް ޕާޓީ އުފެދުނު ފަހުން ކައުންސިލެއްގެ ރައީސް ކަން މިވަނީ ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފަ އެވެ. މިއީ ޕާޓީއަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ބެލެވެއެވެ. 

ފަހުގެ