ރާއްޖޭގެ ނޫސްވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އާމްދަނީ ހޯދުމުގެ ދަތިކަން: ރައީސް

Screenshot 2024 05 03 At 12.28.29

ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ނޫސްމީޑިއާތަކުން އާމްދަނީ ހޯދުމުގެ ދަތިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޚިޠާބުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ގިނަ ނޫސްވެރިންނަށް މަސައްކަތުން ލިބޭ އާމްދަނީން އަސާސީ ބޭނުންތައްވެސް ފުއްދުމަކީ ދަތިކަމެކެވެ. “ނޫސްވެރިން ކުރާ މަސައްކަތުގެ އަގު ނުލިބި، އާމްދަނީގެ ދަތިކަމުގައި ފަހަތަށް ޖެހޭ” ރައީސް ވިދާޅުވިއެވެ.

ނޫސްވެރިކަމަކީ ޤައުމު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމުން، ނޫސްވެރިންނަށް ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސް ވަޢުދުވެވަޑައިގަތެވެ. ޚާއްސަ ގޮތެއްގައި އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް ސަރުކާރުން ނޫސްވެރިންނާ މަޝްވަރާކުރާނެ ކަމަށާއި، ބަޖެޓުން ނޫސްމީޑިއާތަކަށް އިނާޔަތެއް ދިނުމުގެ ވިސްނުން ސަރުކާރުގައި އޮތް ކަމަށް ވެސް ރައީސް ހާމަކުރެއްވިއެވެ.

ހަމަ އެއާއެކު، ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ އެކަށީގެންވާ މާޙައުލެއް ޤާއިމުކުރުމަށާއި، ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް އިތުރުކޮށްދިނުމަށް ވެސް ރައީސް ގޮވާލެއްވިއެވެ.

ފަހުގެ