ޑރ. ރަމްޝާގެ ޖަނާޒާ ހުކުރު ނަމާދަށްފަހު

Big Byvrtyp4dzu26uvz1z0ploxkb (1)
ޑރ. ރަމްޝާ

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ނިޔާވި އައިޖީއެމްއެޗްގެ ކުރީގެ ޑޮކްޓަރު އައިމިނަތު ރަމްޝާގެ ޖަނާޒާ މާދަމާ ތައިލެންޑުގައި އޮންނާނެކަމަށް އާއިލާއިން ބުނެފިއެވެ.

މަރުހޫމްގެ މޫނު ދެއްކުން އޮތީ މާދަމާ ހެނދުނު 10:30 ގައި ފަށާނެއެވެ. އަދި އޭނާގެ ކަށު ނަމާދު އޮތީ މާދަމާ ހުކުރުނަމާދަށްފަހު 12:30 ގައި ތައިލޭންޑުގެ “ޔާމިޔަތު މުސްލިމް” މިސްކިތުގައި ކަމަށް އާއިލާއިން ބުންޏެވެ.

ޑރ. ރަމްޝާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ވަނީ ދުވަސްތަކެއް ވެފައެވެ. ނިޔާވީ ބަލީގެ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ތައިލެންޑްގައެވެ.  

ރަމްޝާގެ މަންމަ ވެސް ދުނިޔެ ދޫކުރެއްވީ ކެންސަރު ބަލީގައެވެ..

ކޮވިޑް-19ގައި  މުޅީ ދުނިޔެ ކަރަންޓީނުގައި އޮތް ދުވަސްވަރުވެ ޑރ ރަމްޝާ ވަނީ ކްލަބް ހައުސް މެދުވެރިކޮށް އޮންލައިންކޮށް އެތައް ބަޔަކަށް ފަރުވާ ދެއްވައިފައެވެ. އަދި އެކިކަންކަމުގައި އިރުޝާދުތައްވެސް ވަނީ ދެއްވާފައެވެ. 

ޑޮކްޓަރެއްގެ އިތުރުން ޑރ. ރަމްޝާއަކީ ރާއްޖޭގައި އުފެދުނު އަންހެން މޮޅު ދުވުންތެރިންގެ ތެރެއިން އެއް ދުވުންތެރިޔާއެވެ. އަދި ނެޓް ބޯޅަގައި ގައުމީ ފެންވަރުގައި ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ. . ދުވުމުގައި 800 މީޓަރާއި 1500 މީޓަރުގައި ކާމިޔާބުތައް ހޯދި ރަމްޝާ ވަނީ ބޭރުގެ މުބާރާތްތަކުގައި ވެސް ރާއްޖެ ތަމްސީލްކުރައްވާފައެވެ. 

ފަހުގެ