ރާޖޫ އަށް އެންމެ ފުރަތަމަ ބިން ދިނީ އެމްޑީޕީ ސަރުކާރުން

L 2023 07 12 012102 5z72qdacujvxb4klr9ogi1swp38ytnehm6f En 1
އެމްޑީޕީގެ ވެރިކަމުގައި 2023 ވަނަ އަހަރުގެ ޖުލައި މަހުގައި ރާޖޫގެ ކުންފުންޏަށް ތިން އެއާޕޯޓު ހިއްކަން ހަވާލުކުރުން

މި ފަހަކަށް އައިސް އެންމެ ފޯރިއާއެކު އިވޭ އެއް އަޑަކީ ރާޖޫ އިންޑިއާ މީހަކަށް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެން ބިމެއް “ވިއްކާލި” ކަމަށް ދެކެވޭ ވާހަކައެވެ.

މިވާހަކަ އެންމެ ފޯރީގައި ދައްކަމުން އަންނަނީ އިދިކޮޅުން ކަމަށްވާއިރު, މިކަމުގެ ހަގީގަތެއް ބަލައިލުމަށް މަސައްކަތް ކުރީމެވެ.

ސެވަރާޖާ މަނިވަންނާން (ރާޖޫ) އަކީ ސިރީލަންކާގެ ސީއެމްސީސީ (ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ) ގެ މައި ހިއްސާދާރެވެ.

ރާޖޫ ގެ ނަން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތްފަހުން މަޝްހޫރުވި ނަމަވެސް, ރާޖޫއާއެކު އެންމެ ފުރަތަމަ އެގްރީމަންޓުތައް ދިވެހި ސަރުކާރުން ހަދަން ފަށާފައިވަނީ އެމްޑީޕީގެ ވެރިކަމުގައި ކަން މި ނޫހުން ހޯދި ހޯދުންތަކުން ވަނީ ކަށަވަރުވެފައެވެ. އަދި އެގްރީމަންޓުތަކުގެ ދަށުން ރާޖޫގެ ކުންފުޏަށް ޑައިރެކްޓުލީ ބާރު އޮންނަގޮތަށް އެމްޑީޕީ ސަރުކާރުން ވަނީ ބިން ދީފައެވެ.

މިގޮތުން 2023 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ރާއްޖޭގެ ތިން އެއާޕޯޓެއް ހިއްކުމަށް ސީއެމްސީސީ ކުންފުންޏާ ހަވާލުކުރެވުނެވެ. އެ ހަފްލާގައި ހައުސިން މިިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ބައިވެރިވެ ވަޑައިތެވެ. ސީއެމްސީސީގެ ފަރާތުން ސޮއިކުރީ ރާޖޫއެވެ. އެ އެއާޕޯޓުތަކަކީ ތުޅާދޫ, ވިލުފުށި, ބިލަތްފަހީގެ އެއާޕޯޓެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ރާޖޫގެ ކުންފުންޏާއި އެކު އެގްރީމަންޓު ހެދީވެސް އެމްޑީޕީގެ ވެރިކަމުގައި

ބިންވެރިޔާ ސްކީމުގެ ދަށުން ރާޖޫގެ ސީއެމްސީސީ ކުންފުންޏާއެކު އާބަންކޯ ނުވަތަ އެޗްޑީސީން އެންމެ ފުރަތަމަ އެގްރީމަންޓެއް ހަދާފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ އެވެ.

Hhh
ހުޅުމާލޭގެ ފޭސް ތިނަކުން ބިން ހިއްކުމަށް އެމްޑީޕީގެ ވެރިކަމުގައި އާބަންކޯއިން ރާޖޫއާ ހަވާލުކުރަނީ

ރާޖޫގެ ކުންފުންޏާއި ހުޅުމާލޭގެ ފޭސް 3 ކުން 62.6 ހެކްޓަރު ހިއްކަން ހަވާލުކުރިއެވެ. މީގެ އިތުރުން އެ ކުންފުންޏާއެކު ވަނީ ދިޔަނަރު ލެގޫން އިން 24.6 ހެކްޓަރުގެ ބިން އަދި ތިލަފުށި އޭރިއާ ޑީ އިން 9.6 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކޮށްފައެވެ.

އޮގަސްޓު މަހުގެ ތެރެގައި އެމްޑީޕީގެ ވެރިކަމުގައި ވެވުނު އެއްބަސްވުމުގެ ދަށުން ރާޖޫ އަށް ހުޅުމާލެއިން 19.6 ހެކްޓަރުގެ ބިން ދިނުމަށް އެމްޑީޕީ ސަރުކާރުން ނިންމިއެވެ. ބިމުގެ އިތުުރުން ދިވެހި ސަރުކާރުން 20 މިލިއަން ޑިލަރު އެ ކުންފުންޏަށް ދޭން ޖެހެއެވެ.

ފަހުގެ