ޔާމިންގެ ޝަރީއަތް ލަސްކުރީ އެމްޑީޕީންކަން ޔަގީންވެއްޖެ

Muizzuwithy

ކުރީގެ ރައީސް އަބްދުالله ޔާމިންގެ ޝަރީއަތް ލަސްކުރަމުން ދިޔައީ އެމްޑީޕީގެ ނުފޫޒުންކަން ޔަގީންވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ސޯސަންމަގުގައި އޮތް ކެމްޕެއިން ޖަލްސާއެއް ގައި ރައީސް މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ލަސްވާތީ ބަލަން ހުށައަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް / ޖޭއެސްސީގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވިތާ ދެތީން ދުވަސްތެރޭ ހުކުމްގެ އަޑުއެހުން ތާވަލު ކުރުމުން ޖުޑީޝަރީގައި އެމްޑީޕީން ނުފޫޒު ހިންގާ މިންވަރު ހާމަވާ ކަމަށެވެ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ކަން ހިނގާ ދިޔަ ގޮތުން ޔާމީންގެ މައްސަލަ ލަސް ކުރަން އެމްޑީޕީން ޖުޑީޝަރީއަށް ނުފޫޒު ފޯރުވާން ކުރި މަސައްކަތް ސާބިތުވެއްޖެ ކަމަށެވެ.

“މިއޮއްހާ ދުވަހު އެ ބޭފުޅުން ހިފެހެއްޓީ ނޫންތޯ. އެ ބޭފުޅުން ބޭނުންވީމަ އެބަ ޝެޑިއުލް ކުރެވޭ، އަޅުގަނޑު މީގެ ކުރީން ވެސް އާންމުކޮށް ހުންނާނެ ގޮވާލާފައި ހުންނާނެ ޖުޑީޝަރީއަށް އެމަނިކުފާނުގެ މައްސަލަ އިންސާފުވެރި ކަމާ އެކު އަވަހަށް ނިންމަަދޭށޭ. އެކަން އޮންނާނީ އަޅުގަނޑު ގޮވާލާފައި،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޔާމީން މިނިވަންވެވަޑައިގަތުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއް ކަމަށާ ކެމްޕެއިން ގައި ވެސް ތަކުރާރުކޮށް އެ ވާހަކަ ވިދާޅުވެފައިވާނެ ކަަމަށެވެ. އަދި އިންތިހާބުން ކާމިޔާބު ލިބުމަށް ފަހު ބޭއްވެވި ފުރަތަމަ ބައްދަލްވުމުގައި އެންމެ ފުރަތަމަ ވެސް ގޮވާލެއްވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް ކަމަށެވެ.

“އަޅުގަނޑުގެ ދުއާ އަކީ އަޅުގަނޑު އަބަދުވެސް ދަންނަވަމުން އައި ގޮތަށް ދުއާ އަކީ ރައީސް ޔާމީން މިނިވަން ވެގެން އައުން” -ރައީސް މުޢިއްޒު-

ރައީސް ވިދާޅުވީ މި ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަން ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ޖުޑީޝަރީއަށް ނުފޫޒު ފޯރުވާނަމަ ގުޅިފަޅު ހިއްކުން ހުއްޓުވާ މޭޔަރުގެ ރޭހަށް ކޮންގްރެސްގެ އިން ނެރުނު ކެންޑިޑޭޓް އާޒިމާ ޝަކޫރަށް ކޯޓްތަކުން ކުރިމަތި ކުރުވި ކަންކަން އެ ގޮތަށް ހިނގީސްތޯ ރައީސް ސުވާލު އުފެއްދެވި އެވެ.

މިއާއިއެކު ރައީސް ވިދާޅުވީ ޝަރުޢީ ނިޒާމަށް އެމްޑީޕީން ނުފޫޒު ފޯރުވަނީ ޖޭއެސްސީ ބޭނުން ކޮށްގެން ކަމުން ޖޭއެސްސީ ބަދަލު ކުރަން ޖެހޭ ކަމަށެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެކަން ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.

ފަހުގެ