ތިން ރައީސުން އައްޑޫގައި ތިއްބަވަނިކޮށް ފެން ކަނޑާލައިފި

އައްޑޫ ސިޓީ

އައްޑޫ ސިޓީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި, ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް, ތިއްބަވަނިކޮށް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން މިރޭ ފެން ކަނޑައިލައިފިއެވެ.

ފެން ކަނޑާލާފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބުންކަމަށް މައުލޫމާތު ލިބެއެވެ.

ފާއިތުވީ ފަސް އަހަރު ދުވަހު އައްޑޫ ސިޓީއަށް ފެން ދެމުން އައީ އެންމެ ޕްލާންޓަކުންނެވެ. އަދި އެކަން މުހިންމު ކަމެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހައްލުކުރައްވާފައެއް ނުވެއެވެ. އޭރު އެ މައްސަލަ އެ އަތޮޅުގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ހިދުމަތްދޭ ފެނަކަށް އަށްވެސް ވެފައެއް ނުވެއެވެ.

އައްޑީ ސިޓީއަށް ރައީސް ސޯލިހާއި, މަޖިލީހުގެ ރައީސް ވަޑައިގަތީ ކުރިއަށް އޮތް 20 ވަނަ މަޖިލީހުގެ ކެމްޕޭނަާށެވެ.

ރައީސުލްޖުމްހޫރިއާ މުއިއްޒު ވެސް މިއަދު އެ ރަށަށް ވަޑައިގެން އުޅުއްވަނީ ރަސްމީ ދަތުރުފުޅެއްގައިއެވެ.

ފަހުގެ