ބްރޯޑް ކާސްޓިން ކޮމިޝަންގެ ރައީސް ބަދުރުއް ނަސީރު އިސްތިއުފާ ދެއްވައިފި

މިއަދު އިސްތިއުފާ ދެއްވުމަށްފަހު ބަދުރު ހާމަކުރައްވާފައިވާގޮތުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ގުނަވަންތައް ހަމަވެ، ހެދި ބޮޑުވުމަށް ސަރުކާރުން ވެސް މާ ބޮޑު ޝައުގުވެރިކަމެއް ދިން ތަން ނުފެނެއެވެ. އަދި ސަރުކާރުގެ ވެރިންނާއި އާންމު ރައްޔިތުންގެ ސިޔާސީ ނަފުރަތާއި ހަސަދައިގެ އަމާޒަކަށް އެ ކޮމިޝަންވެ، އެކަމުގެ ތެރޭގައި ބަދުނާމްވެ، ޖިސްމާނީ އަދި ނަފުސާނީ ބޮޑު ނުރައްކަލެއްގެ ތެރޭގައި ދިރިއުޅުމުގެ ބާކީ ބައި ހަރާބުކޮށްލަން ޖެހޭ ސަބަބެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އިސްތިއުފާ ދެއްވުމަށްފަހު ބަދުރު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

“ބްރޯޑްކާސްޓިން ކޮމިޝަންގެ ގުނަވަންތައް އަދިވެސް ފުރިހަމައެއް ނުވެ އެވެ. ޓެކްނިކަލް ގޮތުންނާއި ހިޔުމަން ރިސޯސަސްގެ ގޮތުން ވެސް މެއެވެ. ބަޖެޓްގެ ތާށިކަމުން، ތަނަށް ބޭނުންވާ މުވައްޒަފުން ވެސް އަދިވެސް ހަމައެއް ނޫނެވެ. ވަރަށް މަދު މުވައްޒަފުންކޮޅަކާ އެކު މަސައްކަތް ކުރަމުން ގޮސް، ކިރިޔާ އެކަށީގެންވާ ވަރަށް މުވައްޒަފުން ހަމަޖައްސަވައިދެއްވީ ވެސް ހާއްސަ ހާލަތެއްގެ ދަށުން، މިހާރުގެ ފިނޭންސް މިނިސްޓަރެވެ. އެއީ ވެސް، ލިބިފައިވާ ބަޖެޓްގެ ކޯޑުތަކަށް ބަދަލު ގެނެސްގެންނެވެ. ނަމަވެސް، މިއަދުގެ މަސްރަހުގައި އަޅުގަނޑުމެން ހަރަކާތްތެރިވާން ޖެހިފައި ވަނީ އަޅުގަނޑުމެންގެ ހުރި އުނި ކަންތައްތައް ވީހާވެސް ބޮޑަކަށް ނުދައްކައި، ފުރިހަމަ ކޮމިޝަނެއްގެ ގޮތް ދައްކައިގެންނެވެ. ސަބަބަކީ، އެކަހަލަ ވާހަކަތަކަކީ، އެއްވެސް މީހަކު ޤަބޫލުކުރާނެ ވާހަކަތަކަކަށް ނުވާނެތީ އެވެ،” ބަދުރުގެ ބަޔާނުގައި ވެއެވެ.

އެބަޔާނުގައި ވަނީ މިދިޔަ ދުވަސްތަކުގައި ބްރޯޑްކާސްޓަރުން ރެގިޔުލޭޓް ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮމިޝަނުން ކޮށްފައިވާ ކަމަށެވެ. އެ ގޮތުން ކޮމިޝަންގެ މެމްބަރުން އިށީންނާނެ ގޮނޑިއެއް، މޭޒެއް ނެތި، ރެފިއުޖީންގެ ގޮތުގައި ކޮންފަރެންސް މޭޒެއްގެ ވަށައިގެން  14 މަސް ދުވަހު މަސައްކަތް ކުރެއްވި ކަމަށާއި އެ ދުވަސްތަކުގައި ވަރަށް ގިނަ ގަވާއިދުތަކާއި މިންގަނޑުތައް ހަދައި، ވަރަށް ގިނަ މައްސަލަތައް ބަލާފައިވާ ކަމަށް ވެސް ބަދުރު ވިދާޅުވި އެވެ. އަދި ވަސީލަތްތަކާއި މުވައްޒަފުން ނެތިގެން ކަންކަން ނުވެގެން ދާއިރު ސަރުކާރާއި އެހެނިހެން ފަރާތްތަކުގެ ފާޑުކިއުންތައްވެސް އަމާޒުވެގެން ދާކަމަށް ވިދާޅުވެފައިވެއެވެ.

އަދި ކޮމިޝަނުގެ ރައީސަށް އިނާޔަތާއި ސެކިއުރިޓީ ލިބޭނެ ކަމަށް ޤާނޫނުގައި ވާއިރު އެފަދަ އެއްވެސް އެހީއެއް މިހާތަނަށް ނުލިބޭ ކަމަށާ، ހަށިފާރަވެރިޔަކާ ނުލައި މަގުމައްޗަށް ނުކުތުން މިއަދު މިވަނީ ނުރައްކަލަކަށް ވެފައިކަމުގައި ބަޔާން ކޮށްފައިވެއެވެ.

ބަދުރު މަޤާމާ ޙަވާލުވީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަދުވައެވެ.

ފަހުގެ