ޓިކެޓު ނަގައިގެން ޗެކިން ކިއުގައި މީހުން ތިއްބައި މޯލްޑިވިއަން އިން ކައުންޓަރު ބަންދުކޮށްފި

Original 1667046539117

ގައުމީ އެއާލައިން މޯލްޑިވިއަން މާލެއިން ކާޑެއްދޫއަށް ދާން ޓިކެޓު ނަގައިގެން ކިއުގައި ބަޔަކު ތިއްބައި ކައުންޓަރު ބަންދުކޮށްފިއެވެ.

މި މައްސަލަ ދިމާވެފައިވަނީ މިއަދު މެންދުރު 12:40 ގައި ޗެކިން ބަންދުކުރާގޮތައް އޮތް ފްލައިޓެއްގައެވެ.

އެމްވީޓައިމްސް އަށް މައުލޫމާތު ދިން މީހަކު ބުނީ, ކައުންޓަރު ބަންދުކުރިއިރު ދެ މީހަކު ކިއުގައި ތިބި ކަމަށާއި ކިއު ބަންދުކުރީ 12:30 ގައި ކަމަށެވެ. އަދި 12:30 ވީއިރު ވެސް އެމީހުންނަށް ޗެކިން ނުވެވުނީ މޯލްޑިވިއަންގެ ޗެކިން ކައުންޓަރުން ޗެކިން ކުރާ ސްޕީޑު ދަށްކަމުންކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

33

“ޗެކިން ކްލޯޒް ކޮށްލީ އެހިސާބުން. ޗެކިން ނުވެ ދެ މީހަކު ތިބި,” ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ ބުނީ ޗެކިން ކައުންޓަރު ބަންދުކުރީ ވަކި ހާއްސަ ބަޔަކަށް ފުރުސަތު ދޭންކަމަށް ބެލެވޭކަމަށެވެ.

ނަމަވެސް މޯލްޑިވިއަން އިން ކާޑެއްދޫއަށް ދަތުރުކުރި ފްލައިޓުގެ ހުރިހާ ގޮނޑިއެއް އޮތީ ފުރިފައިކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިހެންކަމުން ސީޓަށްވުރެ އިތުރަށް ގައުމީ އެއާލައިނުން ޓިކެޓު ވިއްކާފައިވާކަމަށް ބެލެވެއެވެ.

މި މައްސަލަ ޖެހުމުން އެ ސަރަހައްދުގައި ފޮޓޯ ނަގަން އުޅުނު މީހަކު މޯލްޑިވިއަންގެ ފްލައިޓަކަށް އެރުވުމަށްފަހު އޮފްލޯޑުވެސް ކުރިއެވެ. ނަމަވެސް އެމީހާ ވަނީ އަލުން ފްލައިޓަށް އަރުވާފައެވެ.

ޗެކިން ނުވެވުނު މީހުންނަށް އިތުރު ފުލައިޓަކުން ފުރުސަތުވެސް ނުދެއެވެ.

މި މައްސަލައިގައި މޯލްޑިވިއަން އިން އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

ފަހުގެ