ކުންފުނިތައް އުވާލުމުގެ ގަވާއިދު ގެޒެޓުކޮށްފި

ކުންފުނި އުވާލުމަށް ރެޖިސްޓާސް އޮފް ކޮމްޕެނީސް އަށް ހުށަހަޅައިގެން ކުންފުނި އުވާލުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު މިއަދު އިކޮނޮމިކް ޑިވެލޮޕްމަންޓު މިނިސްޓްރީން ގެޒެޓުކޮށްފިއެވެ.

މި ގަވާއިދަކީ ކުންފުނިޔތަކާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގައި ކުންފުނިތައް އުވާލުމަށް އަމަލުކުރަންޖެހޭ ގޮތާއި، ކުންފުނި އުވާލުމަށް ހުށަހަޅަން ޖެހޭ ގޮތާއި، އުވާލަން ހުށަހަޅާފައިވާ ކުންފުންޏެއް އަލުން ހިންގަން ބޭނުންނަމަ އަލުކުރާނެ ގޮތް ފަދަ ކަންކަން ހިމަނާފައިވެއެވެ.

މީގެ އިތުރުންދަ ރަންޏެއް ނުވަތަ ދަޢުވާއެއް އޮތްކަމަށް އަންގާ ކުންފުނިތަކާމެދު ޢަމަލުކުރާނެ ގޮތް ވެސް މި ގަވާއިދުގައި ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު