ލަސްވެގެން މޭ މަހުގެ ތެރޭގައި އީވޮލެޓް ތައާރަފް ކުރެވޭނެ: ރައީސް

Img 3130

ރާއްޖޭގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށް އީ-ވޮލެޓްގެ ޚިދުމަތް ފެށުމަށް ވަރަށް ބާރަށް މަސައްކަތް ކުރިއަށް ދާކަމަށާއި، އުއްމީދަކީ މެއި މަހުގެ ތެރޭގައި އީ-ވޮލެޓުގެ ޚިދުމަތް ތަޢާރަފްވެގެން ދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި އީ-ވޮލެޓުގެ ޚިދުމަތް ތަޢާރަފްކުރުމުގެ އަދާހަމައެއް އޮޅުންފިލުވުމަށް އެދި، މާލެ ސިޓީ މއ.ނައިޓްލައިޓް، ޢަބްދުﷲ އިނާން ދެންނެވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

“އާދެ އަބްދުﷲ އިނާންގެ ސުވާލަށް ދަންނަވާލަން ބޭނުންވަނީ އެކަމަށް މަސައްކަތްތައް ވަރަށް ބާރަށް އެބަ ހިނގާ އިނގޭތޯ. ދެން އަޅުގަނޑު މި އުއްމީދު ކުރަނީ މެއި މަހުގެ ތެރޭގަ އެންމެ ލަސްވެގެން އީ- ވޮލެޓުގެ ޚިދުމަތް ތަޢާރަފްވެގެން ދާނެކަމަށް” -ރައީސް މުޢިއްޒު-

އީ-ވޮލެޓް ތައާރަފްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެދުމާއެކު، ޕޭޕަލް ފަދަ އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ރާއްޖެއިން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ނިންމާފައެވެ.

ސަރުކާރުން ބުނީ އީ-ވޮލެޓް ތައާރަފް ކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު ރާއްޖެއަށް ޕޭޕަލް ލިބޭ ގޮތް ހަދަން އެމެރިކާއާ އެކު މަޝްވަރާތައް ފެށުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ފަހުގެ