ރައީސްގެ ކެމްޕޭނު މިއަދު ގަލޮޅު ދެކުނަށް

Ibutymv.jpg 1710844285535

ކުރިއަށް އޮތް ރައްޔިތުންގެ މަޖްލީސް އިންތިޚާބުގެ ކެމްޕޭނަަށް ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން މިއަދު ރައީސް ބައިވެރިވެ ވަޑައިގަތީ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕޭން ޙަރަކާތުގައިކަމަށްސަރުކާރު ކޯލިޝަނުން ބުނެފިއެވެ.

ކޯލިޝަނުން ބުނީ މިއަދު މެންދުރުފަހު 14:00 ގައި ރައީސް ވަނީ ގަލޮޅު ދެކުނު ދާއިރާއަށް ވަޑައިގަންނަވާފައެވެ. ރައީސްގެ އަރިހުގައި ގަލޮޅު ދެކުނު ދާއިރާއިން މަޖްލިސް އިންތިޚާބުގައި ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު (އިބުޓީ) ބައިވެރިވެ ވަޑައިގެންނެވިއެވެ. އިބުޓީ އަކީ މިހާރުވެސް އެ ދާއިރާގެ ކައުންސިލް މެމްބަރުކަން ފާހަގަކޮށްލެވެއެވެ.

މި ޙަރަކާތުގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ ބައެއް ގެތަކަށް ރައީސް ވަޑައިގެންނެވިއެވެ. އަދި މާލެ ހިޔާ ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކާއި ރައީސް ވަނީ ބައްދަލު ކުރައްވާފައެވެ. މިއަދުގެ ޙަރަކާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންގެ އިތުރުން، ސްޓޭޓް މިނިސްޓަރުން އަދި ނައިބު ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޕީޕީއެމް/ޕީއެންސީން ކުރިއަށް އޮތް ރައްޔިތުންގެ މަޖްލީސް އިންތިޚާބުގެ ކެމްޕޭން ޙަރަކާތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ފައްޓަވާފައެވެ. އެގޮތުން އިއްޔެ ވަޑައިގަތީ ހެންވޭރު ހުޅަނގު ދާއިރާއަށެވެ.

ރައީސް ޑރ. މުޢިއްޒު މަޖްލިސް ކެމްޕެއިން ރަސްމީކޮށް މާލެ ސަރަޙައްދުގައި ފެއްޓެވުމަށް ނިންމަވާފައިވާއިރު، ދާދި ފަހުން ރައީސް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރާއްޖޭގެ ބައެއް ރަށްރަށަށް ވަޑާއިގެން ރައްޔިތުންގެ ހާލުއަހުވާލު ބައްލަވާފައެވެ.

ފަހުގެ