ދިވެހި ރާއްޖޭގެ ސަރަޙައްދު ޑްރޯންގެ އެހީގައި ބަލަހައްޓަން ފަށައިފި

Tb2 Turkey

ރައީސް މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ދިވެހި ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ދިވެހިންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ތުކުރީގެ ބައިރަކުތާރު މަރުކާގެ ދުނިޔޭގެ ޑްރޯން ޓެކްނޮލޮޖީގައި އެންމެ ކުރިއަރާފައިވާ ޑްރޯންތަކާއެކު ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ރަސްމީކޮށް ދިވެހި ސިފައިން މިރެއިން ފެށިގެން ފެށީއެވެ. މިއީ ދިވެހީންގެ އަމިއްލަ ވަންތަކަމާއި، މިނިވަންކަމާއި، ސިޔާދަތު ކަށަވަރުކޮށްދިނުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ޕްރޯ މޯލްޑިވްސް ސިޔާސަތަށް އިތުރުވެގެން ދިޔަ ބޮޅެކެވެ.

މި މަސައްކަތުގައި ބޭނުން ކުރަނީ ހުއްޓުމެއް ނެތި 28 ގަޑިއިރު އުދުހެވޭ 300 ކިލޯމީޓަރު ދުރުން ވަގުތުން މައުލޫމާތު މައި މަރުކަޒަށް ފޯރުކޮށްދޭ ތުރުކީގެ އެންމެ އެޑްވާންސްއެއް ޑްރޯން ތަކެވެ.

ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ މަސް ކަނޑުތަކާއި ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓުމުގެ މަސައްކަތް އިފްތިތާޙު ކުރުމަށް މިރޭ ވަނީ ނ. މާފަރުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު އޮތީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. 

މި މަސައްކަތް ފަށަން ދިވެހި ސިފައިގެން ޚާއްޞަ ޑްރޯން ލަޝްކަރެއް ވަނީ ތުރުކީގައި ތަމްރީނު ތައް ފުރިހަމަކޮށްގެން ރާއްޖެ އައިސް މާފަރުގައި މަސައްކަތް ފަށާފަ އެވެ. އަދި އެކަމަށް ބޭނުންވާ ޑްރޯން ވެސް ވަނީ ގެނެސްފައެވެ.

ދިވެހި ސިފައިން ރާއްޖެ ސަރަހައްދު ބަލަހައްޓަން ބޭނުން ކުރާނީ ރަޝިއާ އިން ޔޫކްރެއިންގައި ކުރާ ހަނގުރާމާގައި ސާވޭލަންސް އަދި ހަމަލަ ދިނުމުގައި ވެސް ބޭނުން ކުރާ ތުކުރީގެ ބައިރަކުތާރު މަރުކާގެ ޑްރޯންތަކެކެވެ. ތުރުކީގެ ބައިރަކުތާރު ކުންފުނީގެ މި ޑްރޯންތައް 2015 އިން ފެށިގެން ދަނީ ތުރުކީގެ އަސްކަރިއްޔާގައި ބޭނުން ކުރަމުންނެވެ. 

މި ޑްރޯންއަކީ ތަކެތި ހޯދުމާއި ޖާސޫސީ މަސައްކަތްތަކާއި ސުލްހެވެރި ބޭނުންތަކަށްވެސް ހާއްސަ އުޅަނދެކެވެ ހާއްސަކޮށް މިއީ ސާޗް މަސައްކަތުގައި ބޭނުން ކުރަން ފައްކާކޮށްފައިވާ ޑްރޯން އެކެވެ. އެކަމަކު ބޭނުންވެއްޖެ ހާލަތެއްގައި ހަތިޔާރު ވެސް ހަރުކުރެވޭނެ އެވެ. މިގޮތުން 95 ކިލޯގެ މިސައިލް ނުވަތަ ގޮވާ އެއްޗިހި ހަރުކޮށްގެން އުދުހުމުގެ ގާބިލްކަން މި އުޅަނދަށް ލިބިގެންވެ އެވެ. މި ޑްރޯންއަކީ މީޑިއަމް ލެޓިޑިއުޑް ލޯންގް އެންޑިއުރެންސް ޑްރޯން ތަކެވެ. މިއީ މީހުންނާ ނުލައި އުދުހޭ ޑްރޯން ތަކެކެވެ. މި އުޅަނދު އޮޕަރޭޓް ކުރާނީ ހާއްސަ ކޮންޓްރޯލް ސެންޓަަރަކުންނެވެ. މި ސެންޓަރަކީ ފަސޭހައިން އެއްތަނުން އަނެއްތަނަށް ގެންދެވޭ މޮބައިލް ތަނެކެވެ. 

ޑްރޯންގެ ހާއްސަ ބައެއް ސިފަތައް

18،000-25،000ފޫޓުމަތިންއުދުހެވޭނެ

  •  300ކިލޯމީޓަރުދުރުންމަރުކަޒަށްމައުލޫމާތުފޯރުކޮށްދޭނެ
  •  ހުއްޓުމެއްނެތި27-50ގަޑިއިރުއުދުހުމުގެގާބިލްކަން
  •  ބޭނުންނަމަހަތިޔާރުހަރުކުރެވޭނެ
  •  ޑްރޯންގެބޮޑުމިން21ފޫޓު
  •  70-120ކިލޯމީޓަރުގެބާރުމިނުގައިއުދުހެވޭނެ
  •  ނައިޓްވިޝަންރޭގަނޑުވެސްވަގުތުންއިމޭޖާއިވީޑިއޯފޮނުވާނެ

ދިވެހި ސިފައިން ދަނީ ރާއްޖޭގެ ފާހަގަކުރެވޭ ޚާއްޞަ ސަރަޙައްދުތަކެއްގައި ޑްރޯން ބޭސްތަކެއް ހަދަން މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ނިމޭއިރު ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ހުރިހާ ހަރަކާތެއް 24 ގަޑިއިރު ވަގުތުން ދިވެހި ސިފައިންނަށް ފެންނަން ހުންނާނެ އެވެ.

މިކަމުގެ ސަބަބުން މިހާރު މަސްކަނޑު ބެލެހެއްޓުމުގެ މަސައްކަތުގައި ކުރަން ޖެހޭ ހޚަރަދު ބޮޑުތަނުން ކުޑަ ވެގެންދާނެ އެވެ. އަދި ސާޗް އޮޕަރޭޝަންތަކުގައި ޑޯނިއާ މަތިންދާ ބޯޓް ބޭނުންކޮށްގެން ކުރަން ޖެހޭ ބޮޑު ޚަރަދު ވެސް އެއްކޮށް ކެނޑިގެންދާނެ އެވެ. 

މިއީ ބޭރުގެ އެއްވެސް ބައިވެރިވުމެއްނެތި ސީދާ ދިވެހި ސިފައިން މުސްތަޤިއްލުކަމާއިއެކު ދެއްވާނެ ޚިދުމަތެކެވެ.

އެމްއެންޑީއެފް “އެއާރކޯގެ” ނަމުގައި މިރޭ ފެށިގެން މިދިޔަ އަސްކަރީ މުހިންމު މަސައްކަތާއިއެކު ރާއްޖޭގެ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަން ދިވެހި ތާރީޚުގައި ރަން އަކުރުން ފެވިގެންދާނެއެވެ. މިއީ ޚާއްޞަކޮށް ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އަމިއްލަ ބާރުވެރިކަމުގެ ދަށަށް ގެނެވުނު ދުވަހެވެ. ދިވެހި އަސްކަރިއްޔާގެ ބާރުވެރިކަމަށް އިންޤިލާބެއް ގެނެވުނު ދުވަހެކެވެ. ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯއްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ބުރަ މަސައްކަތުގެ ފެ

ފަހުގެ