ފުވައްމުލަކު ހޮސްޕިޓަލަކީ ފުރިހަމަ ޓާޝަރީ ހޮސްޕިޓަލަކަށް ހަދައިދޭނަން: ރައީސް

332237 Ccd69938 7

ވަޢުދާއި އެއްގޮތަށް ފުވައްމުލަކު ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ހައްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގައި ހުރި ހޮސްޕިޓަލަކީ އެންމެ ފުރިހަމަ ހޮސްޕިޓަލެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތާއި އެމްއާރްއައިގެ ޚިދުމަތް ލިބޭނޭ ވަޞީލަތްތައް އެމަނިކުފާނުގެ ސަރުކާރުގައި ޤާއިމުކޮށްދެއްވާނެކަމަށެވެ.

މީގެ އިތުރުން ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް ފުވައްމުލަކުގައި ޑީކޯ ޗެމްބަރެއް ޤާއިމްކޮށްދިނުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގިނަ އަހަރުތަކަކަށް އަޅާނުލެވި ދޫކޮށްލާފައިވާ ގިނަ ކަންކަން ހުރީ ވަރަށް ގޯސް ހާލަތެއްގައި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެގޮތަށް ހުރި މައްސަލަތައް ހައްލުކުރުމަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން ކަރަންޓުގެ ޚިދުމަތާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގައި ދިމާވެފައިވާ މައްސަލަތައް ވީހާވެސް އަވަހަށް ހައްލުކުރަން މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ ހުރިހާ ސިޓީއެއްގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހައްދަވާނެކަމަށް ވެވަޑައިގެންނެވި ވަޢުދުފުޅާއި އެއްގޮތަށް ފުވައްމުލަކުސިޓީގެ ހުރިހާ މަގެއް ހަދައި ނިންމަވާނެ ކަމަށާއި މިއަދު ފެށުނު ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުުމުން ދެންހުރި މަގުތައް ހެދުމަށް 3 ވަނަ ފިޔަވައްސެއް ކުރިއަށް ގެންގޮސްގެން ފުވައްމުލަކުގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހައްދަވާނެކަމުގެ ޔަޤީންކަން ރައީސް ފުވައްމުލަކު ރައްޔިތުންނަށް ދެއްވިއެވެ.

ފުވައްމުލަކުގެ އިޤްތިސާދަށް އެންމެ މުހިއްމު އެއްތަނަކީ ފުވައްމުލަކު ބަނދަރު ކަމަށާއި ފުވައްމުލަކުގެ ބަނދަރަށް ގެންނަންޖެހޭ ހުރިހާ ކުރިއެރުންތަކެއް ގެނެސްދެއްވާނެކަމަށާއި ފުވައްމުލަކުގައި އިކޯ ޓޫރިޒަމްގެ ތަރައްޤީކުރުމުގެ މަސައްކަތް ވީހާވެެސް އަވަހަށް ފަށްޓަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި މީގެ އިތުރުން ފުވައްމުލަކުސިޓީގައި އޮފީސް ކޮމްޕްލެކްސް އެއް އެޅުމަށް އެމަނިކުފާނުގެ ސަރުކާރުން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ފަހުގެ