އިންޑިއާ ސިފައިން ރާއްޖެއިން ބާލަން އޯޑަރެއް ނުލިބޭ: ކަނޑުގެ ސިފައިންގެ ވެރިއާ

5f2a41fc 1311 4bff 91bf 811a72331dcf
އިންޑިއާ ކަނޑުގެ ސިފައިންގެ ވެރިއާ ދިވެހިރާއްޖޭގައި: ފައިލް ފޮޓޯ އެމްއެންޑީއެފް

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާޢްޖެއިން ބާލަން އިންޑިއާ ސަރުކާރުން އޯޑަރު ލިބިފައިނުވާކަމަށް އިންޑިއާގެ ކަނޑުގެ ސިފައިންގެ ވެރިއާ, އާރު ހަރީ ކުމާރު ވިދާޅުވެއްޖެއެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތައް ހާމަކުރަން ރައީސް އޮފީހުން މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވެފައިވަނީ، މާޗު 15ގެ ކުރިން އިންޑިއާ ސިފައިން ބާލަން ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް މިއަދުގެ ބައްދަލުވުމުގެ އެޖެންޑާއަކަށް ނަންގަވާފައިވަނީ މި އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިިން ބޭލުން . އެހެންވެ، އެ މަޝްވަރާތައް މިއަދުގެ ހަވީރާ ޖެހެންދެން ކުރިއަށްދާނެ, -ނާޒިމް-

ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ތިބި ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ވެރިކަން ލިބިވަޑައިގަތުމުގެ ކުރިން ރާއްޖޭގައި އެތައް ހާސް ސިފައިންނެއް ތިބިކަމަށް ރައީސް މުއިއްޒުގެ ކެމްޕޭނު ޓީމުން ދިޔައީ ބުނަމުންނެވެ.

އިންޑިއާ ސިފައިން ފޮނުވައިލުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ދެ ގައުމުން ވަނީ މަތީ ފަންތީގެ ކޯ ގްރޫޕެއް އެކުލަވާލައިފައިވާކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.

އެ ގްރޫޕުގެ ބައްދަލުވުމެއް މިމަހުގެ 14 ވަނަ ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވިކަމަށް ވެސް ދިވެހި ސަރުކާރުން ބުނެއެވެ. އެ ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވައި ސަފީރު ވެސް ބައިވެރިވެވަޑައިގެންނެވިކަމަށް ރާއްޖެއިން ބުނެއެވެ. އަދި އިންޑިއާ ސިފައިން މާޗު 15 ވަަނަ ދުވަހު ބާލައި އޭގެ ބަދަލުގައި އިންޑިއާގެ އާންމު ރައްޔިތުން ރާއްޖޭގައި އެހީތެރިވުމަށް ބޭތިއްބުމަށް ދިވެހިރާއްޖެއިން އެދިފައިވާކަމަށް އިންޑިއާ ނޫސްތަކުން ރިޕޯޓުކުރެއެވެ.

ސިފައިން ބާލަން އޯޑަރެއް ނާންކަމަށް އިންޑިއާ ކަޑުގެ ސިފައިންގެ ވެރިއާ ވިދާޅުވުން:

އިންޑިއާ ސިފައިން މާޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބާލާނެކަމަށް ދިވެހިސަރުކާރުން ބުނިނަމަވެސް, “ސީއެންއެން ނިއުސް 18” އަށް ދިން އިންޓަވިއުއެއްގައި އިންޑިއާގެ ކަނޑުގެ ސިފައިންގެ ވެރިއާ އާރު ހަރީ ކުމާރު ވިދާޅުވެފައިވަނީ, ސަފައިން ބޭލުމަށް އިންޑިއާ ސަރުކާރުގެ އޯޑަރެއް އަދި ނާންނަކަމަށެވެ

ނިންމާ ނިންމުމަކަށް އަންނާނެ އޯޑަރަކަށް އަޅުގަނޑުމެން މި މަޑުކުރަނީ, -އާރު ހަރީ ކުމާރު-

ދިވެހިރާއްޖޭގައި ތިބި އިންޑިއާގެ 88 ސިފައިން ތިބީ މެޑިކަލް އެމަޖެންސީތަކާއި ތަފާތު ހާލަތްތަކުގައި މީހުން ސަލާމަތްކުރުމަށެވެ. އޭގެ ތެރެގައި 12 މެޑިކަލް އޮފިސަރުންވެސް ހިމެނެއެވެ.

މީހުން ސަލާމަތްކުރުމަށާއި, ބަލިމީހުން އުފުލުމަށް އިންޑިއަގެ ވައިގެ އުޅަނދުތައް ބޭނުންކުރުން ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ހުއްޓާލައިފައެވެ.

ފަހުގެ