ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓަށް ނުވަދެވޭ: އިންޑިއާ

ފޮޓޯ ޑރ. ޖައޭޝަންކަރު އެކްސް

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއަށް އިންޑިއާއިން ނުވަދެވޭގޮތަށް ބްލޮކްކޮށްލާފައިވާކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ދަ މިންޓު ނޫހުން ބުނެފައިވާގޮތުން ފޮރިން މިނިސްޓްރީގެ ވެބްސައިޓަށް އިންޑިއާއިން ނުވަދެވޭގޮތަށް ބްލޮކްކޮށްލާފައިވަނީ ޗައިނާގެ “ޖާސޫސީ” ބޯޓެއް ރާއްޖޭގައި ބަނދަރުކުރުމަށް ހުއްދަ ދިނުމާއި ގުޅިގެން އުފެދުނު ނުތަނަވަސްކަމުގެ ތެރެއިންނެވެ.

މީގެ އިތުރުން ކަޝްމީރީ މީޑިއާ ސާވިސް އިން ވެސް ވަނީ އިންޑިއާއަށް މިހާރު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓަށް ނުވަދެވޭކަމަށް ރިޕޯޓުކޮށްފައެވެ.

“ޒިޔަން ޔަންގް ހޮންގް 3” ނަމަކަށް ކިޔާ މި ބޯޓަކީ ރިސާޗު ބޯޓެއްގެ ގޮތުގައި ލޭބަލްކޮށްފައިވާ ބޯޓެއް ނަމަވެސް އެ ބޯޓަކީ ޖާސޫސީ ބޯޓެއްކަމަށް ދަ މިނިސްޓު ނޫހުންއަދި އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ. މި ބޯޓު އެންމެ ފުރަތަމަ ބަނދަރުކުރުމަށް ނިންމީ ސިރީލަންކާގައި ނަމަވެސް, ސިރީ ލަންކާއިން ހުއްދަ ނުދިނުމުން އެ ބޯޓު މިސްރާބު ޖެހީ ރާއްޖެއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މައްސަލައިގައި ފޮރިން މިނިސްޓްރީން އަންގާރަ ދުވަހު ވަނީ ނޫސްބަޔާނެއްވެސް ނެރިފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެއައި ޗަނާގެ ބޯޓުން ދިވެހިރާއްޖޭގެ ކަނޑުގެ އެއްވެސް ދިރާސާއެއް ނުހަދާނެކަމަށެވެ. އަދި އެކުވެރި ގައުމުތަކުން ރާއްޖެއަންނަ ބޯޓުތަކަށް ރާއްޖޭގައި ބަދަނރުކުރުމަށް މަރުހަބާ ކިޔާކަމަށް ވެސް ރާއްޖެއިން ވަނީ ބުނެފައެވެ.

ފަހުގެ