މަކަރާއި ހީލަތުގެ މައްސަލައެއްގައި ތިން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

Malidves Police

މަކަރާއި ހީލަތުގެ މައްސަލައެއްގައި ތިން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ އެމީހުން ހޯދަން އިއުލާނުކުރީ ހުޅުމާލެ ފޭސް ދޭއް ޕޮލިސްގެ އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުންކަމަށެވެ.

ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަން -ފުލުހުން މިއަދު ބުނި–

އެމީހުން ހޯދަމުންއަންނީ ތަހުގީގުކުރަމުން އަންނަ މައްސަލައިގައި ސުވާލުކުރުމަށްކަމަށް ވެސް ފުލުހުން ބުނެއެވެ. މިމަހުގެ 31 ވަނަ ދުހުގެ ހެނދުނު 10:00 އަށް ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ޕޮލިސްޓޭޝަނަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

ފުލުހުން ހޯދަން އިއުލާނުކުރި މީހުންގެ ތަފްސީލު ތިރީގައި މިވަނީ:

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ބ. ގޮއިދޫ / ހީނާމާގެ، އަޙްމަދު ޔާނިސް (27އ)

އައިޑީ ކާޑު ނަންބަރު: A164906

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ކ. މާލެ / އަނދުންގެ، އިބްރާހީމް ޝަމީމް (60އ)

އައިޑީ ކާޑު ނަންބަރު: A042787

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: އއ. ފެރިދޫ / ބަހާރީގެ، މުޙައްމަދު ޝާން (29އ)

އައިޑީ ކާޑު ނަންބަރު: A370382

ފަހުގެ