ދިވެހި ޑިފެންސް މިނިސްޓަރަށް ޗައިނާއިން އިހުތިރާމެއް ނެތްކަން ދައްކުވައިދޭ ވީޑިއޯއެއް

Screenshot 2024 01 23 At 16.04.50
ރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނުގެ އަތުގައި ހިފައި ޗައިނާގެ އޮފިޝަލަކު ދަމައިގަންނަނީ

ދިވެހިރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވާ އެއް ވައުދެވެ.

އެތައްހާސް އިންޑިއާ ސިފައިންނެއް ރާއްޖޭގައި ގާއިމްވެ ތިބިކަމަށް ވިދާޅުވަމުން ވެރިކަމަށް ވަޑައިގަތްތާ ފުރަތަމަ ހަފްތާގެ ތެރޭގައި އެނގުނީ އެ އަދަދު 100 އަށްވެސް ނާރާކަމެވެ.

ދިވެހިރާއްޖެއަކީ “މިނިވަން އަދި މުސްތަގިއްލު” ގައުމަށް ހެއްދެވުމަށްކަމަށް ވިދާޅުވެ, ރާއްޖޭގައި ބަލިމީހުން އުފުލުމަށާއި އެމަޖަންސީތަކުގައި އެހީވާން ގާއިމްވެ ތިބި އިންޑިއާގެ 75 ފަރަކަށް ސިފައިން އަންނަ މާރިޗު މަހުގެ 15 ގެ ކުރިން ބާލަން އަންގާފައިވާނެކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.

މިދިޔަ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު އިންޑިއާއަށް އިޝާރަތްކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ “ދިވެހިރާއްޖެ ބުލީކުރުމުގެ” ފުރުސަތު އެއްވެސް ގައުމަކަށް ނޯންނާނެކަމަށެވެ.

ނަމަވެސް މިހާރު ސޯޝަލްމީޑިއާގައި ފެންމަތިވެފައިވާ ވީޑިއޯއަކުން ފެންނަނީ ޑރ. މުއިއްޒު ޗައިނާއަށް ވަޑައިގަތް ދަތުރުފުޅުގައި ޗައިނާގެ އޮފިޝަލެއް ދިވެހިރާއްޖޭގެ ޑިފެންސް މިިނިސްޓަރު ގައްސާން މައުމޫނަށް އިހިތިރާމު ނުކޮށް އަތުގައި ހިފައި ދަމައިގަންނަ ވީޑިއޯއެކެވެ.

@maldivianpoliticsdaily President Maumoon’s visit to the Great wall of China #maldivian #PresidentMaumoon #RaeesMaumoon #fyp #raajjetiktok #dhivehitiktok #dhivehiraajjetiktok #Maldivestiktok #foryoupage #fypシ #Maldives #FarisMaumoon #raeesmuizzu #ghassanmaumoon ♬ sonido original – Feel the music

” ޗައިނާއަށް ސަޖިދަ ޖެހުންތޯ އިންޑިއާއަށް ދުރަށް ދިއުމުގެ ބޭނުމަކީ?.ޗައިނާއިން މިހާވަރަށް ބުލީކުރީމަތޯ ދިވެހިރާއްޖެ ވަޑައިގެން އެއްވެސް ގައުމަކަށް ބުލީނުކުރެވޭނެކަމަށް މުއިއްޒު އެ ވިދާޅުވީ?” -ވީޑިއޯއާމެދު ކަންބޮޑުވުން ފާޅުކުރި މީހަކު ބުނި-

މިހާ ހިސާބުން އުފެދޭ ސުވާލަކީ އިންޑިއާއާއި ފެއަށް ޖެހުމަށް ޑރ. މުއިއްޒު މި ކުރައްވާ މަސައްކަތުގެ ފަހަތުގައިވާ ސިއްރަކީ ޗައިނާއަށް “ސަޖިދަ” ޖެހުންތޯ? ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ފަހުގެ