ތުރުކީން ޑްރޯން ގަތުމަކީ އިންޑިއާއަށް ކުރާ އިތުރު ޖެއްސުމެއް: ރިޕޯޓު

Drones

ދިވެހިރާއްޖެއިން ތުރުކީން ޑްރޯން ގަތުމަކީ އިންޑިއާއަށް އަސްކަރީގޮތުން ކުރާ އިތުރު ޖެއްސުމެއްކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.

މިގޮތުން އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ޑރ. މުއިއްޒު ކުރެއްވުމާއެކު އެންމެ ފުރަތަމަވެސް ތުރުކީވިލާތަށް ވަޑައިގަތުމަކީ އިންޑިއާށް ދެވޭ ނުބައި ސިގުނަލެކެވެ.

މުސްލިމް ބްރަދަހުޑް އާއި ގާތް ގުޅުމެއް އޮންނަ ތުރުކީގެ ރައީސް އުރުދުޣާން އަކީ އަޅުގަނޑުމެންގެ އަވަށްޓެރި ސަރަހައްދުގައި ދީނީ ކާޑު ކުޅެމުން އަންނަ ބޭފުޅެއް. އިސްލާމީ އެއްބައިވަންތަކަމުގެ ތެރެއިން ތުރުކީ ޕާކިސްތާނާ ގާތްވެފައިވާއިރު، ކަޝްމީރުގެ މައްސަލަ އދ.ގައި އަޑު އުފުއްލަވާ ހަމައެކަނި ލީޑަރަކީ އުރުދުޣާން. ޕާކިސްތާނަކީ އިންޑިއާއަށް ދިވެހިރާއްޖެ ބަރޯސާވުމުން ދުރަށް ގެންދިއުމަށް މަސައްކަތްކުރާބައެއް, —-ކަންވަލް ސިބާލް އެންޑީޓީވީއަށް ލިޔުއްވާފައިވާ ކޮލަމެއްގައި ވިދާޅުވެފައިވޭ—-

ކަވަން ސިލާބު ދެކިލައްވާގޮތުން އިންޑިއާއި ދިވެހިރާއްޖެ ދުރަށް ދިއުމަކީ ދީނީގޮތުން ހަރުކަށި މީހުންނަށް ދިވެހިރާއްޖޭގައި ފެހި ސުގުނަލެއް ދިނުމުގެ ގޮތުން މުއިއްޒު ކުރައްވާކަމެވެ. އުރުދުޣާން ސަޕޯޓުކުރައްވާ މުސްލިމް ބުދާހުޑަކީ ޓެރަރިސްޓު ޖަމާއަތެއްކަމަށް ޔޫރަޕިއަން ޔޫނިއަންގެ ޕާލިމަންޓުން ވަނީ 2021 ވަނަ އަހަރު ނިންމާފައެވެ.

އާންމު ގޮތެއްގައި ތަސައްރަފު ފުރިފައި އޮންނަ ސިޔާސަތުތަކެއް އޮންނަ ކޮންމެ ގައުމެއްގައި ވެސް ރާއްޖޭގެ ދިގު މުއްދަތުގެ ޚާރިޖީ ސިޔާސަތުގެ މަސްލަހަތު ދާޚިލީ ސިޔާސަތުގެ ޝިކާރައަކަށް ވެގެން ނުވާނެ އިންޑިއާ އޮތީ ރާއްޖޭގެ އަވަށްޓެރިއެއްގެ ގޮތުގައި މުހިންމު ވަގުތުތަކުގައި ރާއްޖެއަށް އެހީތެރިކަން އިންޑިއާއިން ވަނީ ފޯރުކޮށްދީފަ, -ކަންވަލް ސިބާލް-

ދިވެހިރާއްޖެއަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިން މުހިންމު ދަނޑިވަޅުތަކުގެ ތެރޭގައި, 2004 ވަނަ އަހަރު ސުނާމީ ، 2014 ވަނަ އަހަރު ގައުމަށް ފެނުގެ ދަތިކަމެއް ކުރިމަތިވުން، 2020 ވަނަ އަހަރު މީސްލްސް ފެތުރިދާނެ ކަމުގެ ބިރު ބޮޑުވުމުން 300،000 ޑޯޒްގެ ވެކްސިން ފޯރުކޮށްދިނުން، އަދި، 20 ޖެނުއަރީ 2021 ގައި މޯލްޑިވްސް އަކީ އިންޑިއާގައި އުފައްދާފައިވާ ވެކްސިންގެ 100،000 ޑޯޒްގެ ހަދިޔާއެއް ދިން ފުރަތަމަ ގައުމެވެ. 1988 ވަނަ އަހަރު ބާގީންގެ ބަޔަކު ދިވެހިރާއްޖެ ހިފަން އުޅުމުން ވެސް އެހީތެރިކަން ފޯރުކޮށްދިނީ އިންޑިއާއިންކަން އެގައުމުގެ ނޫސްތަކުން އަންނަނީ ތަފާރު ރިޕޯޓުތަކުގައި ފަހަގަކުރަމުންނެވެ.

ދިވެހިރާއްޖެއިން 37 މިލިއަން އެމެރިކާ ޑޮލަރު ދީފައި ތުރުކީގެ ޑްރޯންތައް ގަތުމަށް ނިންމާފައިވާއިރު, ދިވެހިރާއްޖޭގެ މި ނިންމުމުގެ ސަބަބުން އަސްކަރީގޮތުން އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ނުތަނަަވަސްކަން ބޮޑަށް އިތުރުވާނެކަމަށް އިންޑިއާގެ ބިޒުނަސް ޓުޑޭ ނޫހުގައި ބުނެފައިވެއެވެ.

އިންޑިއާގެ ނޫސްތަކުން ޑރ. މުހައްމަދު މުއިއްޒުގެ ނަން މިހާރު ގެންނައިރު ލިޔެފައި އޮންނަނީ މުޅިންވެސް “ޕްރޯ ޗައިނާ ޕްރެޒިޑެޓެންޓް” (ޗައިނާއަށް ތާއީދުކުރާ ރައީސް) ކަމަށެވެ. ބައެއް ނޫސްތަކުން އެނަލައިޒްކޮށްފައިވާގޮތުން ދިވެހިރާއްޖޭގެ ރައީސް މުއިއްޒުއަށް އާހިރުގައި ޖެހިވަޑައިގަންނަވާނީ ލަންކާގެ ކުރީގެ ރައީސް ރާޖާޕަކްސާއަށް ޖެހިވަޑައިގެންފަދަ ހާލަތެކެވެ. އެއީ ވެރިކަންވެސް އަދި ތާއީދުވެސް ގެއްލި އެކަހެރިވާން މަޖުބޫރުވުމެވެ.

ފަހުގެ