ހޮސްޕިޓަލުން އެންގިތާ ބާރަ ގަޑިއިރު ފަހުން ކުޑަކުއްޖާ މާލެ ގެނެސް ނިޔާވުމުން, ހިތާމަކުރާކަމަށް ރައީސް ވިދާޅުވެއްޖެ

6c85e873 6cf8 44ca 85aa E094d51ac724

ހޮސްޕިޓަލުން އެންގިތާ 12 ގަޑިއިރު ފަހުން ގއ. ވިލިގިލިން އައިޖީއެމްއެޗް އަށް ބަދަލުކުރަން އެނގި ކުއްޖާ މާލެގެނެސް, އެކުއްޖާ ނިޔާވުމާއި ގުޅިގެން, އެކަމާ ހިތާމަކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުން މިރޭ ބުނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ސިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް، އުމުރުން 13 އަހަރުގެ ކުޑަ ކުއްޖެއްކަމުގައިވާ، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު، ނިޔާވި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓާރު މުހައްމަދު މުޢިއްޒު އެއްސެވީ ފުން ހިތާމައާއި ކަންބޮޑުވެވަޑައިގަތުމާ އެކުކަމަށެވެ.

ރައީސް އޮފީހުން މިހެން ބުނި ނަމަވެސް, އާސަންދައިން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނާގޮތުން, އެ ކުޑަކުއްޖާ މާލެއަށް ބަދަލުކުރުމަށް ގއ ވިލިގިލީ އަތޮޅު ހޮސްޕިޓަލުން އެ ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ބަދަލުކުރުމަށް އެދުނީ 18 ޖެނުއަރީ ވަނަ ދުވަހުގެ ހަ ފަތިހުގެ 5:03 ގައިއެވެ. ނަމަވެސް އެ ކުއްޖާ މާލެ ގެނެވުނީ އެ ދުވަހު ހަވީރު 5:15 ގައި ކަމަށް އާސައިންދައިން މިރޭ ބުނެފައިވެއެވެ.

މި ހިތާމަވެރި ވަގުތުގައި، މަރްޙޫމް މުޙައްމަދު ޖާހު ޚާލިދުގެ މައިންބަފައިންނަށާއި ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވާކަމަށް ވެސް މިރޭ ރައީސް އޮފީހުން ބުންޏެވެ. . 

މުޙައްމަދު ޖާހު ޚާލިދުގެ ޞިއްޙީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު ދެއްވުމަށާއި، މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވައިފައިވާކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.. 

ބަލި ޙާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ޙާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ޞިއްޙީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުޞޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް ޢަމަލުކުރަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އެދިވަޑައިގެންފައިކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ހާދިސާ ހިނގާފައިމިވަނީ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓުތައް ބަލިމީހުން އުފުލުހުން ހުއްޓާލުމަށް ސަރުކާރުން ނިންމާފައިވަނިކޮށެވެ.

ފަހުގެ