ދެ ދުވަސް ފަހުން ޗައިނާގެ ރައީސް, ރައީސް މުއިއްޒުއާ ބައްދަލުކުރައްވައިފި

336990 681bf19a 9

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގަތްތާ ދެ ދުވަސް ފަހުން ޗައިނާގެ ރައީސް ޝީ ޖިންޕިން ރައީސް މުއިއްޒުއާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕަންގ ލީއުޔަން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި މިރޭ ފުރަމާނަ ޖާފަތެއް ދެއްވާފައިވާކަމަށެވެ.

މިދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިއަދު ވަނީ ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފަ. އަދި އެ ބައްދަލުވުމަށްފަހު ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފަ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި އިޖުތިމާއީ އިގްތިސާދީ ދާއިރާއިން ގުޅުންތައް ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާ ސަރުކާރުގެ މަތީފަންތީގެ އޮފިޝަލުންނާއެކު މަޝްވަރާތައް ކުރައްވާފަ. -ރައީސް އޮފީސް–

މިއީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ފަހުގެ