މުއިއްޒުއާއި ޗައިނާގެ ރައީސް އަދިވެސް ބައްދަލުނުކުރައްވާތީ ފާޑުކިއުން

336554 6ca0d63f 8
ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގަތްތާ 48 ގަޑިއިރު ހޭދަވިއިރުވެސް އެމަނިކުފާނާއި ޗައިނާގެ ރައީސް ޒީ ޖިންޕިން ބައްދަލުނުކުރައްވާތީ ގިނަބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.

މިގޮތުން ސޯޝަލް މީޑިއާގައި ފާޑުކިޔާ މީހުން ބުނަނީ މުއިއްޒު ޗައިނާއަށް ވަޑައިގެން އަދިވެސް ބައްދަލުކުރައްވަމުން ގެންދަވަނީ ޕްރޮވިންސްތަކުގެ ވެރިންނާކަމަށެވެ.

ނަމަވެސް ރައީސް އޮފީހުން އިއްޔެ ބުނެފައިވަނީ, ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްކަމަށެވެ.

ޗައިނާގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތު މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފަ -ރައީސް އޮފީސް-

ރައީސުލްޖުމްހޫރިއްޔާ މުއިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެޤައުމުގެ ވެރިރަށް ބެއިޖިން އަށް އަންގާރަ ދުވަހު ވަނީ ވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބެއިޖިންގއަށް ވަޑައިގަތުމުން އެ ދެކަނބަލުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންސްޕެކްޓް ކޮށްދެއްވިކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.. 

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ނަމަވެސް ސީދާ ޗައިނާގެ ރައީސް ޒީ ޖިންޕިން އާއި މުއިއްޒު ބައްދަލުކުރެއްވިކަމެއް އަދި ކުރައްވާނެކަމެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެއެވެ.

ފަހުގެ