މުސްލިމު އަޙުންތަކެއްގެ ކުރިއެރުމަށް ދިވެހިން ހުރަސްއެޅުން

1622630281
ލަކްޝަދީޕުގައި އީދު ފާހަގަކުރަނީ

ދިވެހި ރާއްޖެ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމި އޮންނަތާ 800 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އިސްލާމީ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތް މި ދުވަސްވަރުގައި ކޮންމެ މުސްލިމު އަހެއްގެ ހައްގުގައިވެސް ދިވެހިން ދިޔައީ ތެދުވަމުންނެވެ. މިސާލެއްގެ ގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހިން ކުރާ “ޖިހާދު” ފުދެއެވެ.

ނަމަވެސް ހިތާމައަކީ ދާދިފަހުން ދިވެހިންގެ ތެރެއިން މައުލޫމާތުލިބުމުގައި “ނުކުޅޭ” ސިޔާސީ ބަޔަކު އިސްވެ, ދިވެހިރާއްޖެއާއި އިންޑިއާއި ދެމެދު ހަމަނުޖެހުން އުފެދޭ ފަދަ ވާހަކަތަކެއް ދައްކައި ދެގައުުމުގެ މެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމަށް މިވަނީ ބުރޫއަރުވާލާފައެވެ.

މިގޮތުން “އިންޑިއާ މީހުންގެ ގައިން ވަސްދުވާ” ކަމަށާއި ދިވެހިން ފަދަ ފަތުރުވެރިކަމެއް ލަކްޝަދީޕުގައި ކުރި ނޭރުވޭނެކަމަށް ބުނެ އިންޑިއާ މީހުންނަށް ފުރައްސާރަކުރިއިރު ލަކްޝަދީޕުގައި 62,727 މުސްލިމުން ދިރިއުޅެއެވެ. އެއީ އެ ރަށްތަކުގެ އާބާދީގެ 96.58 ޕަސަންޓެވެ. މިހާބައިވަރު މުސްލިމުން އުޅޭ ރަށަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެން އެރަށްތައް ޕްރޮމޯޓު ކުރުމަކީ މުސްލިމު ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ ފަހުރުވެރިވާޖެހޭނެކަމަކެވެ. ނަމަވެސް ކަން ހިގާފައިވަނީ ވަަރަށް ހިތާމެވެރިކޮށެވެ. ދިވެހިން ނުކުމެ މުސްލިމުބައެއްގެ ކުރިއެރުމަށް ހުރަސް އެޅީއެވެ. މިއީ ދިވެހިންގެ ތެރެއިން އެކަން ކުރިބަޔަކު “ތައުބާވާން” ޖެހޭފަދަ ކަމެކެވެ.

ދެން މިކަމުގައި ފާހަގަކޮށްލަންޖެހޭ ދެވަނަ ކަމަކީ ލަކްޝަދީޕުގައި ފްލޯޓިން ވޯޓާ ވިލާތަކެއް އެޅިއަސް, ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް މާބޮޑު އަސަރެއް ކުރާނެކަމަށް ނުބެލެވެއެވެ. އަދި ލަކްޝަދީޕުގެ ފަތުރުވެރިކަން ކުރިއަރުވަން އިންޑިއާއިން މަސައްކަތްފެށިއިރު ދިވެހިރާއްޖޭގެ ނަން ވެސް އެންމެ ފުރަތަމަ އިންޑިއާމީހަކު ނުގަނެއެވެ. ސަބަބަކީ އެއީ ދިވެހިންނަށް “ޖެއްސުމަށް” ކުރިމަކަމަށް ނުވާތީއެވެ. ނަމަވެސް ދިވެހުންގެ ތެރެއިން “ހައްދުފަހަނައެޅި” ވިސްނުމުގެ ބަޔަކު ކުރި މި ހަޑިހުތުރު އަމަލުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބުން ވަރަށް ގާތެވެ.

Urja Mosque Kavaratti
ލަކްޝަދީޕުގެ އުރުޖާ މިސްކިތް

އިންޑިއާގެ ގިނަ ފަތުރުވެރިންތަކެއް ރާއްޖެއަށް ކޮށްފައިވާ ބުކިންތައް ކެންސަލް ކުރުން:

ދިވެހިރާއްޖޭގެ ސިޔާސީ ބަޔަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯޑީއާއި, އިންޑިއާ މީހުންނަށް މަލާމަތްކޮށް ސޯޝަލް މީޑިއާގައި ދެއްކި ހަޑި ވާހަކަތަކުގެ ސަބަބުން ފާތިވީ ތިން ދުވަސް ތެރޭ އިންޑިއާއިން ރާއްޖެއަށް އަންނަން ތިބި މީހުންގެ ތެރެއިން 14,000 އަށްވުރެ ގިނަ ފަތުރުވެރިން ބުކިން ވަނީ ކެންސަލްކޮށްފައެވެ.

އިންޑިއާއަކީ ދިވެޖިރާއްޖެއަށް މިދިޔައަހަރު އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެވެ. މިގޮތުން މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ ފަހު ހަފްތާއާއި ހަމައަށް ރާއްޖެއަށް އިންޑިއާއން 205,278 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ނަމަވެސް ލަކްޝަދީޕުގައި އިންޑިއާއިން ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ފެށުމާއެކު, ދިވެހިންގެ ބަޔަކު އެކަމާ ނުރުހުން ފާޅުކޮށް ޒާތީ އަދި ނަސްލީތަފާތުކުރުންތަކަށް މަގުފަހިވާ ކޮމެންޓުތައް ކުރަންފެށުމުން އިންޑިއާގެ ގިނަބަޔަކު އަންނަނީ ދިވެހިރާއްޖެ ނުދިއުމަށް ނިންމައި, އެމީހުން އިންޑިއާގެ ރަށްތަކަށް ގޮސް ޗުއްޓީހޭދަކުރަން ނިންމަމުންނެވެ.

ބުކިން ކެންސަލް ކުރުމުން 50,000 ރުޕީޒްގެ ގެއްލުމެއް އަޅުގަނޑަށް ވާނެ އެހެން ވިއަސް ހެޔޮ މިހާ ނަސްލީ ތަފާތުކުރުން ބޮޑު ފުރައްސާރަކުރާތާކަށް ދާކަށް ބޭނުމެއް ނޫން -އިންޑިއާގެ މިންޓު ނޫހަށް ދިން އިންޓަވިއުގައި މީހަކު ބުނި-

މިގޮތުން އިންޑިއާގެ ނޫސްތަކުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 14,000 ބުކިން ވަނީ ކެންސަލްކޮށްފައެވެ. އަދި 3,600 އަށްވުރެ ގިނަ ފްލައިޓް ޓިކެޓް ކެންސަލް ކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމާއި އެއްވެސް ހައްގުކަމަކާއި ނުލައި މިގޮތަށް “ފޮށިގަތުމުން” އެއީ ކާންދޭ އަތުގައި ދަތް އެޅުންކަމުގައި ނޫނީ ނުބެލެވޭނެއެވެ.

ފަހުގެ