އިންޑިއާ ސަފީރާއި ގުޅޭގޮތުން ދިވެހި މީޑިއާތަކުން ދޮގު ހަބަރެއް ފަތުރައިފި

Sfsfsf 1

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކުރިކަމަށް ބުނެ ހޯމަ ދުވަހު ދިވެހިރާއްޖޭގެ މީޑިއާތަކުން ދޮގު ހަބަރުތަކެއް ފަތުރައިފިއެވެ.

މިގޮތުން މީޑިއާތަކުން ފެތުރި ދޮގު ހަބަރުގައި ބުނެފައިވަނީ, ސަފީރު ފޮރިން މިނިސްޓްރީ އަށް ހާޒިރު ވާން އެންގީ ތިން ސްޓޭޓް މިނިސްޓަރުން ރަސްމީ އެކައުންޓުން އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް މަލާމާތްކުރި މައްސަލައިގައި, ކަން ހިނގައިދިޔަ ގޮތް ރާއްޖޭގެ ފަރާތުން އޮޅުން ފިލުވައިދިނުމަށްޓަކަމަށެވެ.

މި ދޮގުހަބަރު އިންޑިއާ ނޫސްތަކުން ފަތުރާފައިވަނިކޮށް, ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ އެންބަސީން ވަނީ އެއީ ކުރިން ރާވައިގެން ބޭއްވި ބައްދަލުވުމެއްކަމަށް ބުނެފައެވެ. އެ ބައްދަލުވުން ބޭއްވި ދުވަސް ވެފައިވަނީ ރާއްޖޭގެ ސިޔާސީ މީހުންނާއި އިންޑިއާއި ދެމެދު ވަރަށްބޮޑަށް ކުނިޖެހިފައިވާ ދުވަހަކަށެވެ.

Gdtkhi8bkaa30nt

އާދިއްތަ ދުވަހުގެ ހެނދުނު އިންޑިއާއިން ވަނީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަސް ނިއުދެލީގައި ހުންނަވާ ދިވެހި ސަފީރު، އިބްރާހިމް ޝަހީބު ހާޒިރުކޮށްފަ އެވެ. ދިވެހި މީޑިއާތަކުން އިންޑިއާ ސަފީރުވެސް ދިވެހި ރާއްޖޭގެ ފޮރޮން މިނިސްޓްރީއަށް ހާޒިރު ކުރިކަމަށް ބުނެ ދޮގު ހަބަރެއް ފެތުރީ މި ސަބަބާހުރެކަމަށްވެސް ވުމަކީ އެކަށީގެންވާކެމެވެ.

އިންޑިއާއި ރާއްޖެއާއި ދެމެދު ހަމަނުޖެހުންތަކެއް އުފެދިފައި މިވަނީ އިންޑިއާގެ ޖަޒީރާ ރަށްތަކެއްކަމަށްވާ ލަކްޝަދީޕުގައި އިންޑިއާއިން ފަތުރުވެރިކަން ކުރިއެރުވުމަށް ނިންމައި, އެ ރަށްތަކަށް އިންޑިއާގެ ބޮޑު ވަޒީރު މޯދީ ޒިޔާރަތްކުރައްވައި, އެތަންތަން ޕްރޮމޯޓް ކުރުމުން ދިވެހިންގެ ބަޔަކު މޯޑީއަށް މަލާމަތްކޮށް ފުރައްސާރަކުރުމުންނެވެ. މަލާމަތްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ތިން ސްޓޭޓް މިނިސްޓަރަކު ދިވެހި ސަރުކާރުން ވަނީ ޕްރެޝަރު ބޮޑުވެގެން ސަސްޕެންޑުކޮށްފައެވެ. ނަމަވެސް ދިވެހިން އިސްވެ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ރައްޔިތުންނަށް ނަސްލީތަފާތައްވެސް މަގުފަހިވާގޮތައް ފުރައްސާރަ ކުރުމުގެ ސަަަބަބުން އިންޑިއާގެ ގިނަ ބަޔަކު އަންނަނީ ދިވެހިރާއްޖެއަށް ނުދިއުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ކެމްޕޭނުވެސް ކުރަމުންނެވެ.

މިދިޔަ އަހަރު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއައީ އިންޑިއާއިންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ ފަހު ހަފްތާއާއި ހަމައަށް ރާއްޖެއަށް އިންޑިއާއން 205,278 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ނަމަވެސް ފާއިތުވީ ތިން ދުވަހުގެ ތެރޭގައި އިންޑިއާއިން 14,000 އަށްވުރެ ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަންނަން ކޮށްފައިވާ ބުކިން ކެންސަލްކޮށްފައެވެ.

ފަހުގެ