އިންޑިއާއިން ރާއްޖެއަށް އަންނަން ތިބި ފަތުރުވެރިން 14,000 އަށްވުރެ ގިނަ ބުކިން ކެންސަލްކޮށްފި

Shilpa 1 672x428

ދިވެހިރާއްޖޭގެ ސިޔާސީ ބަޔަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯޑީއާއި, އިންޑިއާ މީހުންނަށް މަލާމަތްކޮށް ސޯޝަލް މީޑިއާގައި ދެއްކި ހަޑި ވާހަކަތަކުގެ ސަބަބުން ފާތިވީ ތިން ދުވަސް ތެރޭ އިންޑިއާއިން ރާއްޖެއަށް އަންނަން ތިބި މީހުންގެ ތެރެއިން 10,000 އަށްވުރެ ގިނަ ފަތުރުވެރިން ބުކިން ކެންސަލް ކޮށްފިއެވެ.

އިންޑިއާއަކީ ދިވެޖިރާއްޖެއަށް މިދިޔައަހަރު އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެވެ. މިގޮތުން މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ ފަހު ހަފްތާއާއި ހަމައަށް ރާއްޖެއަށް އިންޑިއާއން 205,278 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ނަމަވެސް ލަކްޝަދީޕުގައި އިންޑިއާއިން ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ފެށުމާއެކު, ދިވެހިންގެ ބަޔަކު އެކަމާ ނުރުހުން ފާޅުކޮށް ޒާތީ އަދި ނަސްލީތަފާތުކުރުންތަކަށް މަގުފަހިވާ ކޮމެންޓުތައް ކުރަންފެށުމުން އިންޑިއާގެ ގިނަބަޔަކު އަންނަނީ ދިވެހިރާއްޖެ ނުދިއުމަށް ނިންމައި, އެމީހުން އިންޑިއާގެ ރަށްތަކަށް ގޮސް ޗުއްޓީހޭދަކުރަން ނިންމަމުންނެވެ.

މިގޮތުން އިންޑިއާގެ ނޫސްތަކުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 14,000 ބުކިން ވަނީ ކެންސަލްކޮށްފައެވެ. އަދި 3,600 އަށްވުރެ ގިނަ ފްލައިޓް ޓިކެޓް ކެންސަލް ކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މި މައްސަލައިގެ ސަބަބުން, އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަކުން މިއަހަރު މަދުވާނެކަމަށްބެލެވެއެވެ.

ފަހުގެ