ސަރުކާރުން ބްލޮކްކުރާ ވެބްސައިޓުތަކަށް ވަންނާނެ ގޮތްތައް

057a8bd5 3ec1 40da 9717 D58b08cd14c4

ދިވެހިރާއްޖޭގެ ގާނޫނު އަސާސީބުނާގޮތުން އިސްލާމް ދީނުގެ އަސްލުތަކާ ހިލާފުނުވާނަމަ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އެމީހެއްގެ ދުލާއި ގަލަމުން ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ލިބިގެންވެއެވެ. މާނައަކީ ކޮންމެ ދިވެހިރައްޔިތަކަށްވެސް އެމީހަކު ބޭނުން ހިޔާލެއް ގާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން ފާޅުކުރެވޭނެއެވެ. ނަމަވެސް މި މިނިވަންކަމަށް ހުރަސް އެޅޭގޮތަށް ކުރާ ކޮންމެ ކަމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް ކުރާކަމެކެވެ.

ސަރުކާރުގެ އެންމެގުމަށް ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓެއް ސަރުކާރުން ވަނީ އިއްޔެ ބްލޮކްކޮށްފައެވެ. ސަރުކާރުން ވެބްސައިޓުތަކެއް ބްލޮކްކުރިއިރު, އެއީ ކުރިން ބްލޮކްކުރި “ބަރަހަނާ” ސައިޓްތަކުގެ ކެޓަގަރީއަށް ފެތޭ ސައިޓުތަކެއް ނޫނެވެ. އަދި އިސްލާމް ދީނުގެ އަސްލުތަކާ ހިލާފަށް ހިޔާލު ފާޅުކުރަމުން ގެންދާ ވެބްސައިޓުތަކެއް ވެސް ނޫނެވެ. މިހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން މިފަދަ ވެބްސައިޓުތައް ބްލޮކްކޮށްފާނެތީ, ސަރުކާރުން ބްލޮކްކުރިއަސް ވެބްސައިޓުތަކަށް ވަދެވޭނެ ބައެއް ގޮތްތައް ހިއްސާކޮށްލާނަމެވެ.

 3efef162 F1eb 4895 976c A7bb8dfaeaeb

ކުލައުޑް ފްލޭއާ

މިގޮތުން 1.1.1.1 އަކީ ކްލައުޑްފްލޭއާ އިން ފޯރުކޮށްދޭ ޕަބްލިކް ޑީއެންއެސް (ޑޮމެއިން ނޭމް ސިސްޓަމް) ރިޒޮލްވަރެކެވެ. ޑީއެންއެސް އަކީ އިންސާނުން ކިޔޭ ޑޮމެއިން ނަންތައް (www.example.com ފަދަ) ކޮމްޕިއުޓަރުތަކުން ނެޓްވޯކެއްގައި އެކަކު އަނެކަކު ދެނެގަތުމަށް ބޭނުންކުރާ އައިޕީ އެޑްރެސްތަކަށް ތަރުޖަމާކުރާ ނިޒާމެކެވެ. ޑީއެންއެސް ރިޒޮލިއުޝަން އަކީ އިންޓަނެޓް މުވާސަލާތީ މުހިންމު ބައެކެވެ.

ކްލައުޑްފްލޭއާގެ 1.1.1.1 ފަރުމާކޮށްފައިވަނީ އަވަސް އަދި ޕްރައިވެސީއަށް ފޯކަސް ކުރާ ޑީއެންއެސް ރިޒޮލްވަރ އަކަށެވެ. 1.1.1.1 ބޭނުންކުރުމުން، ޔޫޒަރުންނަށް ޑޮމެއިން ރިޒޮލިއުޝަން ވަގުތުތައް އަވަސްވެ، ވެބްސައިޓް ލޯޑްކުރުން އަވަސްވާނެއެވެ. އަދި އެއްވެސް އަގެއް ދެއްކުން ނެތި މި ސާވިސް ބޭނުންކުރެވެއެވެ.

މި ހިދުމަތް ބޭނުންކުރުމަށް ވެބް ބްރޯޒަރުގައި 1.1.1.1 ޖެހުމަށްފަހު ބޭނުންކުރާ އޮޕަރޭޓިން ސިސްޓަމަކާ ގުޅޭ ފައިލް ޑައުންލޯޑްކޮށް އިންސްޓޯލް ކުރުމަށްފަހު “ވާރޕް” އެކްޓިވޭޓް ކޮށްލައްވާށެވެ. އޭރުން ސަރުކާރުން ބްލޮކް ކޮށްފައިވާ ވެބްސައިޓުތަކަށް ހިލޭ ވަދެވޭނެއެވެ.

ކްލައުޑް ފެލޭއަށް ވަނުމަށް މި ލިންކަށް ފިތާލައްވާށެވެ.

 46aba90b Fdc0 4325 Be77 208bef3ad53f

ވީޕީއެން ބޭނުން ކުރުން

ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން) އަކީ މޯބައިލް ފޯންތަކާއި ކޮމްޕިއުޓަރު ސިސްޓަމް ފަދަ ތަކެތިން ބްލޮކް ކޮށްފައިވާ ވެބްސައިޓުތަކަށް ވަނުމަށް ބޭނުންކުރެވިދާނެ ވަސީލަތެކެވެ. އެންޑް ރޮއިޑް ވިއަސް އަދި އެޕަލް ވިއަސް, ސްޓޯރުގައި ވީޕީއެން ޖަހައި ސާޗުކޮށްލުމުން މިފަދަ ގިނަ އެޕްލިކޭޝަންތައް ފެންނާނެއެވެ. އަދި މިއިން އެޕްލިކޭޝަނެއް ޑައުންލޯޑްކޮށް އެކްޓިވޭޓްކުރުމުން ސަރުކާރުން ބްލޮކްކޮށްފައިވާ ވެބްސައިޓުތަކަށް ވަދެ ސަރުކާރަށް ފާޑުކިޔަން ލިޔެފައިވާ އާޓިކަލްތައް ކިޔައިލެވޭނެއެވެ.

މިގޮތުން ބޭނުންކޮށްލެވޭނެ ބައެއް ވީޕީއެންތައް ތިރީގައި މިވަނީއެވެ. ކޮންމެ ވީޕީއެންއެގެ ނަން އެވަނީ އެ ވީޕީއެންގެ ވެބްސައިޓާ ލިންކު ކުރެވިފައެވެ.

  1. ނޯޑް ވީޕީއެން
  2. ޓޯޓަލް ވީޕީއެން
  3. ސާފް ޝާކް
 172102c2 E178 425e 9779 6085d5f9fd9b

ޓޯރް ބޭނުންކުރުން

އަނިއަން ރައުޓަރ، އަކީ އިންޓަނެޓްގައި ކާކުކަން ނޭނި މުއާމަލާތް ކުރުމުގެ ފުރުސަތު ލިބޭ ޕްރައިވެސީއަށް ފޯކަސް ކުރާ ނެޓްވޯކެކެވެ. އެއީ ވޮލަންޓިއަރުން ހިންގާ ނޯޑްސް ނުވަތަ ރިލޭ ކިޔާ ސިލްސިލާ ސާވަރތަކެއް މެދުވެރިކޮށް އިންޓަނެޓް ޓްރެފިކް ރޫޓްކޮށްގެން ޕްރައިވެސީ އާއި ސެކިއުރިޓީ އިތުރުކޮށްދޭ ސާވިސްއެކެވެ. “އޮނިއަން ރައުޓަރ” މި ނަމަކީ މި ނޯޑްތަކުގެ ތެރެއިން ޑޭޓާ ފާއިތުވާއިރު އެ ޑޭޓާއަށް ޖަހާފައިވާ އެންކްރިޕްޝަންގެ އެތައް ފަށަލައެއް ބޭނުންކުރާ ހިދުމަތެކެވެ.

މި ލިންކުން ޓޯ ވެބްސައިޓަށް ވަދެވޭނެއެވެ. އަދި މޯބައިލް ފޯނުންވެސް އެޕް ސްޓޯ ނުވަތަ ޕްލޭ ސްޓޯރަށް ވަދޭ ޓޯރް ޑައުންލޯޑް ކުރެވޭނެއެވެ.

ފަހުގެ