ދައުލަތުގެ ބޭސްފަރުވާ: ވަކިބަޔަކަށް މަންފާވާގޮތަށް ބައްޓަންކޮށްފައި އޮތް ނިޒާމެއް

5a744948 1e42 45a2 Aa7e F964a280ac81

ބޭސް ފަރުވާއަށް ސަލާންޖެހުން ނައްތާލުމަކީ ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި ދިވެހިން ބޭނުންވިގޮތެވެ. 2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުވެރިކަމަށް ވަޑައިގަންނަވަމުން ވެލެއްވި މައިގަނޑު ފަސް ވައުދުގެތެރެެއިން އެއް ވައުދަކީ ބޭސް ފަރުވާއަށް ސަލާންޖެހުން ނައްތާލުމެވެ.

ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުމުގެ މަގުސަދަކަށްވީ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ގެ ކޮޅުން “ތީމުގެއިން” އެކި ނަންނަމުގައި މީހުން “ސަލާންޖަހައިގެން” އެހީ ހޯދައިގެން މާލެއާއި ކައިރި ގައުމުތަކަށް ބޭސް ފަރުވާކުރަން ދިއުން ދައުލަތުގެ ހަރަދުގައި ހަމަޖެއްސުމެވެ.

ބަޖެޓުން ބޮޑެތި އަދަދުތަކެއް އާސަންދައަށް ގިނައީ ލޯނު:

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުވެސް އާސަންދައަށް 2 ބިލިއަން ރުފިޔާއާ ގާތްކުރާ މިންވަކަށް ފައިސާ ދޫކޮށްފައިވެއެވެ.

އާސަންދައަށް މިއަހަރުގެ ބަޖެޓުގައި އެންމެ ފުރަތަމަ ކަނޑައެޅީ 730.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އާސަންދައިގެ ބަޖެޓު ހުސްވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގެ ވެސް ބޮޑުބައެއް އަމާޒުކޮށްފައި އޮތީ އާސަންދައަށެވެ..

ސަޕްލިމެންޓްރީ ބަޖެޓުގައި އާސަންދައަށް 906.7 މިލިއަން ރުފިޔާ އިތުރުކުރިއެވެ. މިހެންކަމުން އާސަންދައަށް 1.6 ބިލިއަންއަށްވުރެ ގިނަ ރުފިޔާ މި އަހަރު ހަރަދުވެއްޖެއެވެ. 2022 ވަނަ އަހަރު އާސަންދައާށް 1.5 ބިލިއަން ރުފިޔާ ހަރަދުކުރިއެވެ.

ނަމަވެސް ޑިސެންބަރު މަސް ނުނިމެނީސް އަނެއްކާވެސް އާސަންދައިގެ ބަޖެޓު ހުސްވެގެން މަޖިލީހަށް އާސަންދައިގެ އިސްވެރިން ހާޒިރު ކުރިއެވެ.

ސަޕްލިމެންޓަރީ ބަޖެޓަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ބޮޑުބަޔަކީ ލޯނާއި ހިލޭއެހީއެވެ. މި ފައިސާ ގެ ތެރެއިން 6.1 ބިލިއަން ރުފިޔާ ހަމަޖައްސަނީ ދަރަނިންކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މި ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވިއެވެ.

83524245 F3de 4676 9c1b 4ebe627ac33f

ބޭސް ފިހާރަ ގިނަވުން

ސަޕްލީނެންޓަރީ ބަޖެޓުވެސް އާސަންސައަށް ހުސްވުމާއެކު އާސަންދައިގެ އިސްވެރިން ވަނީ މި މައްސަލަ ހައްލުކުރުމަށް މަޝްވާކޮށްފައެވެ. މިގޮތުން މިފަހަރު އާސަންދައިން ބުނީ “ރައްޔިތުންގެ އަތުން ފީއެއް” ނަގައިގެން ނޫނީ އާސަންދަ ކުރިއަށް ނުގެންދެވޭނެކަމަށެވެ.

ނަމަވެސް މީގެ ކުރިން އާސަންދައިގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގައި ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ސަބަބުން އާސަންދަ ހިންގުމުގެ ނިޒާމުގެ ތެރެއިން މެޑިކަލް މާފިއާގެ ސަބަބުން “ބޭސްފަރުވާއަށް ސަލާންޖެހުން ހުއްޓާލުމަށް” އެކުލަވާލާފައިވާ އާސަންދައިގެ އަގު އިންތިހާއަށް ބޮޑުވެއެވެ.

އާސަންދަ ސްކީމުން އެންމެ ބޮޑު ހަރަދެއް ކުރަނީ ބޭހަށް. މިހާރު އަމަލު ކުރާ ބަލްކް ޕްރޮކިއުމަންޓުން އެއަށް ލުއިތަކެއް ލިބޭނެ.، އެންމެ ބޮޑު ހަރަދެއް ހިނގާ 11 ބޭހެއް ބަލްކް ޕްރޮކިއުމެންޓް އުސޫލުން ގެންނަން” އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވިއެވެ.

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ،ބޭސް ފިހާރަތަކަށް ހުއްދަ ދީ ލިސްޓު އެކުލަވައިލުމުގައި އާސަންދަ އަށް ކޮންޓްރޯލެއް ނޯންނަ ކަމެވެ. އެކަން ނިންމަން ޖެހޭނީ” ޕޮލިސީ ލެވެލްގައި” ކަމަށެވެ. މާނައަކީ ގިނައަދަދެއްގެ ބޭސް ފިހާރަތަކުން ބޭސް ނެގުމަކީ އާސަންދައިގެ ކަންބޮޑުވުމެވެ. އަދި އާބާދީއާ ނުބައްދަލު އަދަދުތަކުން ބޭސް ފިހާރަ ހުޅުވުމަކީ ވެސް ހަމަޖެހޭ ކަމެއް ނޫންކަމަށާއި އެއީ ސިޔާސަތު ބަދަލުކޮށްގެން ހިންގޭނެކަންކަންކަން އާސަންދައިގެ މެނޭޖިންޑިރެކްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ބޭސް ނަގާ އިރު ވެސް އޮންނަ އުސޫލުތަކާ ހިލާފަށް އެކަން ކުރާކަން ފާހަގަކުރެވޭ. އެފަދަ ކަންކަން ހުއްޓުވަން ބޭސް ނަގާ މީ މިފަހަރު މެސެޖު ދާނެ” ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވިއެވެ

ރާއްޖޭގެ ބައެއް ޕްރައިވެޓް ހޮސްޕިޓަލްތަކުގެ އަގު ރާއްޖެއިން ބޭރަށް ދިއުމާ އެއްވަރު:

އާސަންދައިން މެނޭޖެންޑިރެކްޓަރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ރާއްޖޭގެ ބައެއް ޕްރައިވެޓް ހޮސްޕިޓަލްތަކުން ބޭސްފަރުވާގެ އަގު ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭސް ފަރުވާކުރުމަށްވުރެ މާބޮޑެވެ.

3957b94c D157 4eea 8404 710012f87ddb

މިގޮތުން މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ, ސިޒޭރިއަން އެއް ހެދުމުގެ އަގަކީ 1000 ރުފިޔާ ކަމަށްވިއަސް, ބަލިމީހާ ފަރުވާ ހޯދައިގެން ނުކުންނައިރު 300,000 ވަރު އަރާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭން ބޭރަށް ކުރާ ހޭދަ ބައެއް ޕްރައިވެޓް ހޮސްޕިޓަލުތަކަށް ކުރަން ޖެހޭ. ޕްރައިވެޓް ހޮސްޕިޓަލުތަކަށް ދާ ހޭދަ ކުޑަކުރެވޭނީ އައިޖީއެމްއެޗްގެ ހިދުމަތް ރަނގަޅުކޮށްގެން,” ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ވެސް ބޮޑެތި އޮޅުވާލުންތަކެއް:

“އާސަންދައިގެ ފައިސާއިން ވައްކަން ނުކުރާ ހަމައެކަކުވެސް ނެތް” ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް ވަނީ 2024 ވަނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ވިދާޅުވިއެވެ.

އާސަންދަ އިންޑިއާގެ ހޮސްޕިޓަލަކަށް ދިޔަސް ނޫނީ ސިލޯނުގެ ހޮސްލިޓަލަކަށް ދިނަސް އެ ހޮސްޕިޓަލްގައި ތިބޭ މީހުން ވެސް އެއަށް ކަމިޝަން ނަގަނީ. އެތަންތަނުގެ އެމްބަސީގައި ތިބޭ މީހުން ކަމިޝަން ނަގަނީ. ރާއްޖެއަށް އެޖެންޓަށް ލައިފައި ހުންނަ މީހާ ކަމިޝަން ނަގަނީ. ރާއްޖޭން ކޮންޓެކްޓް ދޭމީހާ ކަމިޝަން ނަގަނީ, ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު-

ސިޔާމު ވިދާޅުވީ، އާސަންދަ އޮތީ ދިވެހި ރައްޔިތުންނަށް ޓެކްސް ދައްކާ މީހުންގެ ފައިސާ ނަހަމަ ގޮތުގައި ފޭރިގެންދާ ގޮތަށް ކަމަށާއި ރޯމާދުވާލު ވައްކަންކުރާ ގޮތަށް ކަމަށެވެ.

މި ނިމުނު ފަސް އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި ޝިޔާމްގެ ޕާޓީއާ ގާތް ގުޅުމެއް އޮތެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުގައި ރައީސް ސޯލިހާއެކު ކެމްޕޭނުވެސް ކުރެއްވިއެވެ. ނަމަވެސް ދެ ވަނަ ބުރުގައި ޝިޔާމް ތާއީދު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށެވެ.

އާސަންދަ ހަރުދަނާ ކުރުމަކީ ސަރުކާރުގެ މިއަހަރުގެ މައިގަނޑު އެއް އަމާޒު:

ދައުލަތުގެ ހަރަދު ކުޑަކުރަން ޕްލޭނެއް ގެންގުޅުއްވާކަން އައު ފިނޭންސް މިނިސްޓަރީ މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް ވަނީ އިއުލާނުކުރައްވާފައެވެ. މިގޮތުން މިނިސްޓަރު ވަނީ މަގަނޑު ތުންކަމެއް ކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.

  1. ސަރުކާރުގެ އެހީތެރިކަމާ އެކު ބޭނުން ޖެހިފައިވާ މީހުންނަށް ސަބްސިޑީ ދޭ ގޮތަށް ހެދުން
  2. އާސަންދައިގެ ނިޒާމު މުރާޖައާކޮށް ހަރުދަނާކުރުން
  3. ސަރުކާރުގެ ވެލްފެއާގެ ގޮތުަގައި އެހީދޭ ނިޒާމު ހަރުދަނާކުރުން

މާނައަކީ އާސަންދައަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އޮނިގަނޑު މުރާޖާކުރާއިރު, ވަކިބަޔަކަށް ދިވެހި ދައުލަތުގެ ބޭސްފަރުވާގެ ނިޒާމުން ލިބޭ ބޮޑު މަންފާ ނުލިބޭނެގޮތކަށް ކަންކަން ހަމަޖެއްސުން މުހިންމެވެ.

ފަހުގެ