ސީއައިއޯއާރުއެފް ގެ ޖާފަތަކަށް ނައިބުރައީސް ވަޑައިގެންފި

332365 4e08f4ea 5

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، “ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން” ގައި ބައިވެރިވެވަޑައިގަންނަވާ ޢިއްޒަތްތެރިންނަށް މަރުހަބާ ދެންނެވުމަށް ބޭއްވެވި ޖާފަތުގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ޖާފަތުގައި، ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވަންގް ހައޯ، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.)ގެ ޗެއާމަން ލުއޮ ޖައޯހުއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު، ސޭޝެލްސްގެ މިނިސްޓަރ އޮފް އިންވެސްޓްމަންޓް، އެންޓްރަޕްރަނަރޝިޕް އެންޑް އިންޑަސްޓްރީ (އެމް.އައި.އީ.އައި) ދޭވިކާ ވިޑޮޓް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

“ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން” ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުއެވެ. މިއީ ޗައިނާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތައް ގުޅިގެން އިޤްތިޞާދީ ތަރައްޤީއަށް ކުރާ މަސައްކަތާ ގުޅޭގޮތުން މަތީ ފަންތީގެ އިސްވެރިންގެ މެދުގައި ބާއްވަވާ ރަސްމީ ފޯރަމްގެ ދެވަނަ ބުރެވެ.

ފަހުގެ