ރިސްކު އެލަވަންސް އިނބިލީހުގެ ކައިވެންޏަށްވެއްޖެ: ވެލާނާ އެއާޕޯޓު މުވައްޒަފުން

L 2021 09 28 103253 5huprs643v7mgzaqwedn9ktcix1bofylj82 En
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް މުވައްޒަފުން: ފޮޓޯ ސަން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުންގެ ރިސްކު އެލަވަންސް ހަމަޖައްސައިދޭން ނިންމުމަށްފަހު އެ އެލަވަންސް ހަމަޖައްސައިނުދޭތީ ގިނަ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާސައިޑުގައި މަސައްކަތްކުރާ މުވައަޒަފުންނަށް ރިސްކު އެލަވަންސް ހަމަޖައްސައިދޭނެކަމަށް އެ ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން އެންމެ ފުރަތަ ނިންމީ ސެޕްޓެމްބަރު މަހުއެވެ. ނަމަވެސް ސެޕްޓެމްބަރު މަހުގެ ރިސްކު އެލަވަންސް އޮކްޓޫބަރު މަހު ދޭނެކަމަށް ބުނެ އިތުރު ސާކިއުލާއެއް ނެރުނެވެ.

އޮކްޓޫބަރު މަހު ނެރުނު ސާކިއުލާގައި ބުނެފައިވަނީ ނޮވެމްބަރު 9 ވަނަ ދުވަހު ރިސްކު އެލަވަންސް ޖަމާކުރާނެކަމަށެވެ. ނަމަވެސް ނޮވެމްބަރު މަހުވެސް އެ އެލަވަންސް ޖަމާކޮށްފައެއްނުވެއެވެ.

އެލަވަންސް ޖަމާނުކޮށް ނޮވެމްބަރު މަހު އެއާޕޯޓުގެ ހިއުމަން ރިސޯސް ޑިޕާޓުމަންޓުން ނެރުނު ތިން ވަނަ ސާކިއުލާގައި ބުނެފައިވަނީ ގިނަ މަސައްކަތަކެއް ކުރަންޖެހޭތީ އަދިވެސް އެލަވަނސް ހަމަޖައްސައިނުދެވޭކަމަށެވެ.

އެ އާޕޯޓުން އެމްވީޓައިމްސްއާ ވާހަކަ ދެއްކު މުވައްޒަފަކު ބުނީ ރިސްކު އެލަވަންސް ހަމަޖައްސައި ނުދީގެން އުޅެނީ ހިއުމަން ރިސޯސް ޑިޕާޓުމަންތުގެ ނުފޫޒުންކަމަށެވެ. ސަބަބަކީ އެ ޑިޕާޓުމަންޓަށް ރިސްކު އެލަވަންސް ނުލިބި ހަމައެކަނި އެއާސައިޑް މުވައްޒަފުންނަށް ރިސްކުއެލަވަންސް ދޭން މެނޭޖުމަންޓުން ނިންމާފައިވާތީއެވެ. އަދި އެއާޕޯޓުގެ ރިސްކު އެލަވަންސް މިހާރު “އިނބިލީހުގެ ކައިވެންޏަށް”ވެފައިވާކަމަށާއި, ރިސްކު އެލަވަންސް ނުލިބުމަކީ އެ އެއާޕޯޓުގައި މަސައްކަތްކުރާ ގިނަބައެއްގެ ކަންބޮޑުވުމެއްކަމަށްވެސް އޭނާ ބުންޏެވެ.

ފަހުގެ