މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އީވާ އިސްތިއުފާ ދެއްވައިފި

Original 1677048428196

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ އަބްދުالله އިސްތިއުފާ ދެއްވައިފިއެވެ.

އީވާ މަގާމުން މިއަދު އިސްތިއުފާ ދެއްވިއިރު އޭނާ މަގާމުން ދުރުކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ މިއަދު ވަނީ މަޖިލީހަށް އެޖްނެޑާވެސްކޮށްފައެވެ.

އިސްތިއުފާ ދެއްވަމުން އީވާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އެނާއަކީ ނާގާބިލު ބޭފުޅެއްކަމަށް ބުނެވޭނެ އެކަކުވެސް މަޖިލީހުގައި ނުހުންނާނެކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދާއި, ސުޕްރީމް ކޯޓުން އިއްވި ހުކުމާވެސް ހިލާފުވެފައިނުވާކަމަށެވެ.

އެމްޑީޕީ މެންބަރެއްގެ ގޮތުގައި އަދިވެސް އީވާ ހުންނެވިނަމަ މަގާމުގައި އަދިވެސް ހުރެވުނީސްކަމަށް ވެސް އީވާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ރައީސް މުހައްމަދު ނަޝީދުވެސް ވަކިކުރަން ގަރާރެއް ހުށަހެޅުމުން އެމަނިކުފާނުވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އީވާއާއި ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިހާބުގެ ޕްރައިމަރީއަށްފަހު އެމްޑީޕީގެ އެތެރޭގައި އުފެދުނު ހަމަނުޖެހުންތަކެއްގައި އެ ޕާޓީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް އާ ގުޅިވަޑައިގެންފައެވެ.

ފަހުގެ