އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހު

367526 3 D65ac99d6a5bc6cfd54b63077c762f6a59d04571

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފިއެވެ.

އީވާ މަގާމުން ދުރުކުރަން ގަރާރު ހުށަހަޅާފައިވަނީ އެމްޑިޕީގެ 49 މެންބަރުންނާއި އަމިއްލަ މެންބަރެއްކަމަށްވާ މުހައްމަދު ނަޝީދު (މޮސްޓާ) ގެ ސޮޔާއެކު 50 މެންބަރުން ގެ ފަރާތުންނެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު, ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން, ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މި މަހުގެ 13 ވަނަ ވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ.

އެމްޑީޕީން ރައީސް ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ އެ ދެ ބޭފުޅުން އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެން ފަހުންނެވެ. ރައީސް ނަޝީދާއި އީވާ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ވަޑައިގެންނެވީ އެމްޑީޕީ މެންބަރުންގެ ގޮތުގައި ތިއްބެވުމަށްފަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމު މިހާރު އަދާކުރައްވަނީ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމްއެވެ.

ފަހުގެ