ޔާމިން އަނބުރާ ޖަލަށް ގެންދިއުމަށް, ކަރެކްޝަނުން މައްސަލައެއް ބަލަން ފަށައިފި

F 3 8ytbmaa Qfb
ރައީސް ޔާމިން ޕީއެންއެފް އޮފީހުގައި

ކުރީގެ ރައީސް އަބްދުالله ޔާމިންއަށް ކަސްރަތުކޮށް ހެދުމަށް ޖަލުހުކުމުން ލުއި ދީފައިވަނިކޮށް, އެމަނިކުފަނު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މައްސަލަ ކަރެކްޝަނުން ބަލަން ފަށައިފިއެވެ.

މި މައްސަލަ ބަލަން ފަށާފައިވަނީ ޕީޕަލްސް ނެޝަނަލް ފްރޮން (ޕީއެންއެފް) ގެ ނަމުގައި ރައީސް އަބްދުالله ޔާމިން ގެ ދަރިކަލުން އުފެއްދެވި ޕާޓީގެ ހަރަކާތްތަކުގައި އެ މަނިކުފާނު ބައިވެރިވެލައްވާފައިވާތީއެވެ. އެގޮތުން ރައީސް ޔާމިން ޕީއެންއެފްގެ އޮފީހުގައި އުޅުއްވާ މަންޒަރު ފެންނަ ފޮޓޯއެއް ކުރީގެ މިނިސްޓަރު މަލީ ޖަމާލް ވަނީ އާންމުކުރައްވާފައެވެ.

އެމަނިކުފާނުގެ މައްސަލަ ބަލަންފަށާފައިވާކަމަށް ކަރެކްޝަނުން ހޯމަ ދުވަހު ބުނިއިރު, ރައީސް ޔާމިން މިނިވަންކުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރަމުން އަންނަ މަސައްކަތް ހުއްޓާލަން “ޑައިރެކްޓު” އޯޑަރެއް ލިބިފައިވާކަމަށް އެ ކޯލިޝަނުގެ އިސް އޮފިޝަލަކު ވަނީ އާދިއްތަ ދުވަހު ވިދާޅުވެފައެވެ.

މީގެ ކުރިންވެސް ރައީސް ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވާތީ ކަރެކްޝަނުން ވަނީ އެމަނިކުފާނަށް އިންޒާރުވެސް ދީފައެވެ.

ރައީސް ޔާމިން އަނބުރާ ޖަލަށް ގެންދިއުމުގެ މަސައްކަތް ސަރުކާރު ކޯލިޝަނުން ފަށާފައި މިވަނީ އެމަނިކުފާނު ޕީޕީއެމް އިން ވަކިވެ ވަޑައިގެން, އައު ޕާޓީއެއް އުފެއްދަވާފައިވަނިކޮށެވެ.

ރައީސް ޔާމިން ގާނޫނީ ހަމަތަކުގެ މަތިން މިނިވަންކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ފަހުގެ