ރައީސް ޔާމިން މިނިވަންކުރަން ކުރާ މަަސައްކަތް ހުއްޓާލައި, އަލުން ޖަލަށްލަނީ!

353380 3 676223c600c5480d9d39e3938681a6b0a669b089 Medium
ރައީސް ޔާމިން ކަރެކްޝަނުގެ ބެލުމުގެ ދަށުގައި: ފޮޓޯ އެޑިޝަން

ކުރީގެ ރައީސް އަބްދުالله ޔާމިން މިނިވަންކުރަން ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކުރަމުން އަންނަ މަސައްކަތް އެ ކޯލިޝަނުން ހުއްޓާލާފައިވާކަމަށް އެ ކޯލިޝަނުގެ އިސް އޮފިޝަލެއް ބުނެފިއެވެ.

ނަންހާމަ ނުކުރުމަށް ޝަރުތުކޮށް އެމްވީޓައިމްސްއާ ވާހަކަދެއްކި އޮފިޝަލު ވިދާޅުވީ “ޔާމިން އަލުން ޖަލަށް ފޮނުވަލަން” ކުރަންޖެހޭ މަސައްކަތައް ކުރަން “ޑައިރެކްޓު އޯޑަރެއް” ލިބިފައިވާކަމަށެވެ.

މިގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ފަހު ދުވަސްކޮޅު ކަރެކްޝަން މެދުވެރިކޮށް ދީފައިވާ ލުއިތައް އަނބުރާ ގެންދިއުމަށް ނިންމާފާއިވާކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

ރައީސްޔާމިން އަށް ދެއްވާފައިވާ ލުއިތައް އަނބުރާ ގެންދުމަށް ނިންމާފައިވާކަށް އޮފިޝަލު ވިދާޅުވެފައިވާއިރު, އެމަނިކުފާނު ވަނީ ދާދިފަހުން ޕީޕީއެމް އިން ވެސް ވަކިވެ ވަޑައިގެންފައެވެ.

ރައީސް ޔާމިން ޕީޕީއެމް އިން ވަކިވެ ވަޑައިގެންފައިވަނީ އެމަނިކުފާނު ޕީޕީއެމް ހިނެގެވުމަށް އުފެއްދެވި 12 މެންބަރުންގެ ކޮމެޓީގެ އިސްވެރިއަކަށް ހުންނެވި ކުރީގެ މިނިސްޓަރު މަލީހު ޖަމާލު އެ ޕާޓީން ވަކިކުރުމާއި ގުޅިގެންނެވެ.

ރައީސް ޔާމިންގެ ސަޕޯޓަރުން ތުހުމަތު ކުރާގޮތުން އެމަނިކުފާނު މިނިވަންކުރުމަށް, އެކަށީގެންވާ މަސައްކަތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުކުރެއެވެ.

ރައީސް ޔާމިން މިހާރު ގެންދަވަނީ ޕީޕީޕަސްލް ނެޝަނަލް ފްރޮންޓް ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް މަސަައްކަތްކުރައްވަމުންނެވެ.

ރައީސް ޔާމިން އަށް ކަރެކްޝަނުން ލުއި ދީފައިވަނީ ކަސްރަތުކުރުން ފަދަ ކަންކަމުގައި ރަށުތެރެއަށްވެސް ނުކުމެ އުޅޭވޭގޮތަށެވެ. މި މައްސަލައިގައި ކަރެކްޝަނާއި ސުވާލުކުރުމުންވެސް އަދި ޖަވާބެއް ނުލިބެއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމިން ވަނީ 11 އަހަށް ޖަލަށްލައި, 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ. އެ މައްސަލައިގައި ހައިކޯޓުގެ އިސްތިއުނާފު އަޑުއެހުންތައް ނިމި މިހާރުވަނީ ހުކުމާއި ހަމައަށް ވެސް ގޮސްފައެވެ.

ފަހުގެ