ރައީސް މުއިއްޒަށް ރައްޔިތުން ކުރާ އިތުބާރު ފަނޑުވަނީ

381170 3 9c988541d36199b46c300e6252cc01530d47b21f Large

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވިތާ އަދި ހަފްތާއެއް ފުރުނީއެވެ. ފާއިތު ވެގެން ދިޔަ ކޮންމެ ދުވަހަކީ އަލަށް އުފެދުނު ވެރިކަމުގެ ކޮންމެވެސް ހަބަރެއް ގަދަކޮށް އިވުނު ދުވަހަކަށް ވިއެވެ. ސަރުކާރުގެ މަޤާމުތަކަށް ބޭފުޅުން ހަމަޖެއްސުމުގެ ހަބަރުތަކެވެ. ބައެއް މަޤާމްތަކަށް ހަމަޖެއްސެވި ބޭފުޅުން ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެން ހޫނު ފެނަށް ވެއްޓުނު ހަބަރުތަކެވެ.

ކޮންމެއަކަސް އެއީ ކޮންމެ ވެރިކަމެއް ފެށިގެން ފުރަތަމަ ކޮޅުގައި އިވޭ ހަބަރުތަކެވެ. އެހެން ނަމަވެސް، ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަފްތާ ނިމެން ދަނިކޮށް ކުއްލިއަކަށް ފަތްފަތްކޮޅު ލިބި ލެއްވި ބޭބޭފުޅުން އެއްވާނެއްގައި ވިދާޅުވާން ފެށީ، ރައީސްއާ އެކު ސާބިތުކަމާއި އެކު ހުންނެވި ކަމަށެވެ. ނައިބު ރައީސާއި ޑިފެންސް މިނިސްޓްރީން ފެށިގެން ގޮސް ވަޒީރުކަން ލިބިލެއްވި ހުރިހާ ވަޒީރުންވެސް ވަނީ ރައީސް މުއިއްޒާއެކު އެމަނިކުފާނުގެ ހިމާޔަތުގައ ސާބިތުކަމާއެކު ހުންނެވިކަމަށް ވިދާޅުވެފައެވެ.

މިހާ އަވަހަށް ފަތްފަތްކޮޅު ލިބިލެއްވި ބޭބޭފުޅުންގެ އިތުބާރާ މެދު ސުވާލު އުފެދިއްޖެއެވެ. ގާބިލް ކަމާ އިތުބާރާއެކު މަޤާމްތައް ހަވާލު ކުރެއްވި ބޭބޭފުޅުން މަޤާމްތަކުން ވަކި ކުރަން ފެށިއްޖެއެވެ. ޤައުމުން ބޭރަށް ކުރައްވަން ހަމަޖެއްސެވި ފުރަތަމަ ދަތުރުފުޅު ފަސްކުރައްވައިފިއެވެ. ވެރިކަމުގެ ކޮއިލުގައި ރެނދުލައިފިއެވެ. މިއީ ހަމަ ޔަޤީނުންވެސް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އެންމެ އަޑުގަދަކޮށް ރައީސް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވަނީ އިންސާފެއް ނެތް ހުކުމެއް ކަމަށާއި އެމަނިކުފާނު އިންތިހާބު ވެވަޑައިގެންފި ނަމަ އެންމެ ފުރަތަމަވެސް ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އެހެން ނަމަވެސް ވެރިކަމުގެ ހުވާ ކުރެއްވިތާ ހަފްތާއެއް ނުވަނީސް، މަންޒަރު ބަދަލުވެއްޖެއެވެ. 11 އަހަރުގެ ހުކުމުން މިނިވަން ވެދާނެކަމުގެ އުންމީދު ރައީސް ޔާމީނަށް ގެއްލިއްޖެއެވެ. ޕާޓީވެސް ގެއްލިއްޖެއެވެ.

މިއީ ދިވެހިންގެ ތެރެއިން އެތައްހާސް ބަޔަކަށް ރައީސް މުއިއްޒު ކުރި އަނިޔާއެކެވެ. މަޤާމުގެ ދަހިވެތިކަމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ރައީސް ޔާމީނާ ފޭއަށް ޖެހުނު ނަމަވެސް އެޕާޓީއަށާއި ރައީސް ޔާމީނަށް ތާޢީދުކޮށް މިއަދާ ހަމަޔަށްވެސް އެމަނިކުފާނުގެ މިނިވަންކަމަށް ގޮވަމުން ދިޔަ ޕީޕީއެމް/ޕީއެންސީގެ އާދައިގެ މެމްބަރުން ތިބީ ރައީސް ޔާމީންގެ ފަހަތުގައެވެ.

ރައްޔިތުންގެ ތެރެއިން މުއިއްޒަށް ވޯޓުދިން ގިނަ ބަޔަކު ވެރިކަމާއި މެދު ކުރި އުންމީދާއި އިތުބާރު މިހާ އަވަހަށް މިވަނީ ފަނޑުވެފައެވެ. މަޤާމްތަކަށް އައްޔަން ކުރެއްވި “ކިޔަވައިގެން ތިއްބެވި ޤާބިލް” ބޭބޭފުޅުންގެ އިތުބާރާމެދު ޚުދު ރައީސުލްޖުމްހޫރިއްޔާވެސް ސުވާލު ކުރައްވާ މަންޒަރު ދަނީ ފެންނަމުންނެވެ.

“އިންޑިއާ އައުޓު”ގެ ހަރު އަޑު ފެށުނު މި ވެރިކަމުގައި ރެނދުލި އިރު، ރައީސް ޔާމީން ހުންނެވީ މި ވެރިކަމަށް ދޫދެއްވާ ގޮތަކަށް ނޫންކަން މަންޒަރުން ފެނެއެވެ. ނިމިގެން ދިޔަ ވެރިކަން ކުރި އެމްޑީޕީން އޮތީ މި ވެރިކަމަށް ދޫދޭ ގޮތަކަށް ނޫނެވެ.

މިއީ ހަމަ ޔަޤީނުންވެސް ފެށުމެވެ.

ފަހުގެ