އިޒްރޭލު މީހަކު ރާއްޖޭގައި ގިނައަދަދެއްގެ ފިހާރަ ހުޅުވައިގެން ވަގަށް ވިޔަފާރިކުރަނީ

Beige Minimalist Mood Photo Collage
އޭބް އޭނާގެ އާލިއާ އާއެކު ރާއްޖޭގައި އަދި އެނާ ހިންގާ ފިހާރައެއް

ދިވެހިރާއްޖޭގައި އިޒްރޭލަށް ނިސްބަތްވާ އަޝާ ލޭވް ކިޔާ މީހަކު އެކި ރިސޯޓުތަކުގައި ފިހާރަ ހުޅުވައިގެން ވިޔަފާރި ކުރަމުންއަންނަކަން އެމްވީޓައިމްސްއަށް ކަށަވަރުކުރެވިއްޖެއެވެ.

އޭނާ ރާއްޖޭގައި ވިޔަފާރި ކުރަމުން އަންނަނީ މީރާ އާއި އިކޮނޮމިކް މިނިސްޓްރީއަށް އޮޅުވާލައިގެން, އެނާއަށް ފައިދާތަކެއް ލިބޭގޮތަށެވެ. “ދަ ލަގްޒަރީ އެޑިޝަން” ނަމުގައި ހިންގާ ފިހާރަތަކުން އޭނާ ފައިސާ ނަގަނީ “ކޮންސަލްޓަންސީ” ގެ ނަމުގައެވެ. މިގޮތުން ވިޔަފާރި ކުރާއިރު އިޒްރޭލު މީހާ 80 ޕަސަންޓު ކޮމިޝަނެއް ނަގާއިރު, ރިސޯޓަށް އޭނާ ދެނީ އެންމެ 20 ޕަސަންޓުނުވަތަ އެއަށްވުރެ މަދުންނެވެ.

އޭނާ އެންމެ ފުރަތަ ރާއްޖެއައީ ވަން އެންޑް އޮންލީ އަށް ޓޫރިސްޓެއްގެ ގޮތުގައެވެ.

އޭނާ ވިއްކަނީ ލައިފް ސްޓައިލް ކޮލޯތިން, ގިފްޓު އަދި ސުވޭނިއާ އަދި ގަހަނާ ފަދަ ތަކެއްޗެވެ.

އޭނާ ވިޔަފާރި ކުރާއިރު ދިވެހި ޕާޓްނަރަކު ނުހުރެއެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިޔަފާރި ރަޖިސްޓާކުރުމުގެ ގަވާއިދު 2014/R-168 ބަދަލުކޮށް ސުވޭނިއާ ފިހާރަތައް ހިންގޭނީ ދިވެހުންނަށް އެކަނިކަމަށް ނިންމާފައިއެވެ.

މި ގަވާއިދަށް ބަދަލުގެނެސްފައިވަނީ 2015 ވަނަ އަހަރުއެވެ.

އަޝާ ލޭވް އަކީ އިޒްރޭލުގެ ޓެލްއަވީވަށް ނިސްބަތްވާ މީހެކެވެ. ނަމަވެސް އޭނާ ރާއްޖޭގައި ގެންގުޅެނީ ސިރިއެލިއޯންގެ ޕާސްޕޯޓެކެވެ. އާންމުކޮށް ގައުމުތަކަށް ދަތުރުކުރުމުގައި އިޒްރޭލް މީހުން ދެ ޕާސްޕޯޓު ގެންގުޅެއެވެ.

އޭނާ ދޭތެރެދޭތެރިން ރާއްޖެއަށް އައި ނަމަވެސް, އެނާ މިހާރު ދިރިއުޅެނީ ހޮންކޮންގުގައެވެ.

ރާއްޖޭގައި އިޒްރޭލް މީހާ ވިޔަފާރުކުރަން ފެށުން އަދި ވިޔަފާރުކުރާ ތަންތަން:

އޭނާ ރާއްޖޭގައި ވިޔަފާރު ކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުން ފަށައިގެންނެވެ. އެއީ ސީސައިޑް ފޮޅިނޮޅު ހުޅުވި އަހަރެވެ. އޭނާ އެންމެ ފުރަތަމަ ފިހާރައެއް ހުޅުވީ ވެސް އެ ރިސޯޓުގައިއެވެ. އޭނާ އަތަނުގައި އެންމެ ފުރަތަމަ ފިހާރައެއް ހުޅުވީ މާކް ކިޔާ އޮސްޓްރޭލިއާގެ ޖެނެރަލް މެނޭޖަރަކާއެކުއެވެ. އޭގެ ފަހުން އަމިއްލަ ފުށީގެ ޖީއެމް އަދި ސީއީއޯ ކަންވެސް މާކް ކޮށްފައިވެއެވެ. އެނާ އިޒްރޭލުގެ އަޝާ ލޭވް އަށް ފިހާރަ ހުޅުވަން ފުރުސަތު ދިނީ އެ މަގާމުގައި ހުރެގެންނެވެ.

ލަގްޒަރީ އެޑިޝަންގެ ފިހާރަތައް ހިންގާ ރިސޯޓުަތައް:

  1. ސީސައިޑު ފިނޮޅު މޯލްޑިވްސް
  2. ވެލާ ޕްރައިވެޓް އައިލެންޑް
  3. ވޯލްޑްއޯފް އޮސްޓްރިއާ މޯލްޑިވްސް އިތާފުށު
  4. ރިޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑް ރިސޯޓު
  5. ޕަޓީނާ މޯލްޑިވްސް
  6. އަނަންތަރަ ކީހާވައް މޯލްޑިވސް ވިލާސް
  7. ޖުމޭރިއާ މޯލްޑިވްސް އޮޅަހަލި އައިލެންޑް
Whatsapp Image 2023 11 16 At 10.58.55

ރާއްޖެއަށް މުދާ އެތެރެކުރަނީ ވެސް ގާނޫނާ ހިލާފަށް:

އޭނާ ރާއްޖޭގައި އަންނައުނާ, ގަހަނާ އަދި ސުވޭނިއާ ވިއްކާއިރު އެތަކެތި އެތެރެކުރަނީ އޭނާގެ ފިހާރަތަކުގައި މަސައްކަތްކުރާ ބައެއް އިޒްރޭލު އަންހެން ކުދިންނެވެ.

އެމީހުން މިތަކެތި އެތެރެކުރާނީ ކޮންމެ ތިން މަހަކުން ރާއްޖެއިން ބޭރަށް ގޮސް ރާއްޖެއަންނަމުންނެވެ. މިހެންކަމުން މިތަކެތި އެތެރެކުރާއިރު އެއްވެސް ޓެކުހެއްވެސް އޭނާ ނުދައްކައެވެ. އަދި އޭނާގެ ވިޔަފާރިތައް މީރާއާއި އިކޮނޮމިކް މިނިސްޓްރީން މޮނީޓަރެއްވެސް ރަނަގަޅަށް ނުކުރެއެވެ.

އަޝާ ލޭވް ގެ ފިހާރަތަކުގައި މަސައްކަތްކުރާ އިޒްރޭލުގެ ބައެއް މުވައްޒަފުންނަކީވެސް ދިވެހިރާއްޖޭގައި ޓޫރިސްޓު ވިސާގައި މަސައްކަތްކުރާ މީހުންނެވެ. މިގޮތުން އެ މީހުން ކޮންމެ ތިން މަހަކުން އެއްފަހަރު ރާއްޖެއިން ބޭރަށް ފުރަނީ ޓޫރިސްޓު ވިސާ އާކުރުމަށެވެ.

Whatsapp Image 2023 11 16 At 10.58.56

އަޝާ ލޭވް ރާއްޖޭގައި ވިޔަފާރު ކުރަނީ ގިނަ ރިސޯޓުތަކެއްގެ ސަޕޯޓާއެކު:

އޭނާގެ ފިހާރަތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަކީ ރިސޯޓުތަކުގެ ކޯޓާގައި މަސައްކަތްކުރާ މީހުންނެވެ. އަދި ބައެއް މުދާ އިންޕޯޓުކުރަނީވެސް ރިސޯޓުގެ ނަމުގައެވެ.

ރިސޯޓުތަކުގެ އިސްވެރިންނަށްވެސް އޭނާއަކީ އިސްޒުރޭލު މީހެއްކަން އެނގެއެވެ. މިގޮތުން އޭނާ ފިހާރަ ހިންގާ އެއް ރިސޯޓު ޗެއިންގެ އޯނަކީ މި ނިމު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މިނިސްޓަރުކަމާއި, މި ފެށުނު އާ ސަރުކާރުގެ މިނިސްޓަރުކަންވެސް ކުރައްވާ ބޭފުޅެކެވެ. އަދި ގިނަ ރިސޯޓުތަކުގެ އޯނަރުންނަކީ ކޮންމެ ސަރުކާރަކާވެސް ގުޅުން ބަދަހި އޯނަރުންތަކެކެވެ. އޭގެ ތެރޭގައި ކޯސްޓްލައިން ފަދަ ކުންފުނިތަކެއް ހިމެނެއެވެ.

Beige Minimalist Mood Photo Collage 2 1
ފަހުގެ