މިރޭ ނުނިދަން މަލީހު އިލްތިމާސް ކުރައްވައިފި

51813 A69d7615 E

“މިރެއަކީ ހޭލާ ތިބޭކަހަލަ ރެއެއް” ކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން މިރޭ ވަކިކުރުމާއެކު މަލީހު މިގޮތަށް އިލްތިމާސްކުރައްވާފައިވަނީ ރައީސް ޔާމިންގެ ސަޕޯޓަރުން ތިއްބަވާ ވަޓްސް އެޕް ގުރޫޕެއްގައެވެ. އެ ގުރޫޕުގެ ސްކްރީން ޝޮޓްތައް އަންނަނީ ސޯޝަލް މީޑިއަގައި ދައުރުވަމުންނެވެ.

މަލީހު ޕީޕީއެމުން ވަކިކޮށްފައިވަނީ އެ ޕާޓީ ހިންގަަން 12 މެންބަރުންގެ ކޮމެޓީއެއް މަލީހު އިސްކޮށް ހުންނަވައި އެކުލަވާލެއްވުމާގުޅިގެންނެވެ. އެ ކޮމެޓީ އުފެއްދެވީ ރަައީސް ޔާމިން ވިދާޅުވެގެން ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހު މިރޭ ވަނީ ރައީސް އަބްދުالله ޔާމިން މިނިވަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު މަސައްކަތް ނުކުރައްވާކަމަށް ވިދާޅުވެ މުއިއްޒު އިސްތިއުފާ ދެއްވަންޖެހޭކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ޔާމިން އުފެއްދެވި ކޮމެޓީގެ އިސްވެރިއާ މަލީހުގެ ސުލީކީ މައްސަލައެއް ސާބިތުކޮށް ޕީޕީއެމްއިން މިރޭ ވަކިކުރުމާއެކު, ރައީސް ޔާމިންވެސް ވަނީ ޕީޕީއެމްއިން ވަކިވެ ވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައެވެ.

ރައީސް ޔާމިން އާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ދެބޭފުޅުން “ރުޅިވެފައި” ވާކަމަށް ޕީޕީއެމްގެ ސެނެޓުގެ ބޭފުޅުންވަނީ މީގެކުރިން ވިދާޅުވެފައެވެ. ރައީސް ޔާމިންގެ ސަޕޯޓަރުން ގެންދަނީ އެމަނިކުފާނު މިނިވަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތްނުކުރައްވާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމިން މިނިވަންކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވާ ވައުދުފުޅެކެވެ.

ފަހުގެ