ރައީސް ޔާމިން ޕީޕީއެމް އިން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވަނީ

Feyejndvcayjgme

ކުރީގެ ރައީސް އަބްދުالله ޔާމިން ޕީޕީއެމް އިން ވަކިވެވަޑައިގެން އަ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައިފިއެވެ.

ރައީސް ޔާމިން މި ނިންމެވުން މިރޭ ނިންމެވިކަން އިއުލާނުކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ޓީމު ލީޑުކުރައްވާ ޑރ. އަބްދުالله ޖަމީލްއެވެ.

ޕީޕީއެމްއިން އެމަނިކުފާނު ވަކިވެ ވަޑައިގަންނަވަން ނިންމަވާފައިވާއިރު, އެ ޕާޓީ ހިންގެވުމަށް ބުދަ ދުވަހު ރައީސް ޔާމިން ވަނީ 12 މެންބަރުންގެ ކޮމެޓީއެއް އުފައްދަވާފައެވެ. ނަމަވެސް އެ ކޮމެޓީ ޗެއާ ކުރައްވާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލު ޕީޕީއެމްއިން މިރޭ ވަނީ ވަކިކޮށްފައެވެ. އޭނާ ވަކިކުރުމުގެ ކުރިން އޭނާ ސަސްޕެންޑު ކުރިކަން އެންގެވީ އެ ޕާޓީގެ ނައިބު ރައީސް އަދި މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

މަލީހު ވަކިކޮށްފައިވަނީ ޕީޕީއެމްގެ ސުލޫކީ ކޮމެޓީންނެވެ.

މި މައްސަލަޖެހުމުގެ ކުރިން ރައީސް ޔާމިން އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރުޅިވެފައިވާކަމަށަށް ޕީޕީއެމްގެ ސެނެޓުގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމިން މިނިވަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކަށީގެންވާ މަސައްކަތް ނުކުރައްވާކަމަށް ރައީސް ޔާމިންގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.

ފަހުގެ