ޕީޕީއެމުން އެމްޑީޕީއަށް ނަސޭހަތް ދީ ނޫސް ބަޔާނެއް ނެރެފި

ޕީއެމުން އެމްޑީޕީއަށް ނަސޭހަތް ދީ  ނޫސްބަޔާނެއް ނެރެފިއެވެ.

ދައުލަތުގެ  ދެ ބާރު އެއްބާރު އަނެއްބާރާ ތަޅާފޮޅުމަކަށްވަދެ، ރައްޔިތުން ކަންބޮޑުވާ ދަރަޖައަށް ކަންތައްތައް ގޯސްވަމުންދާއިރު ރައީސުލްޖުމްހޫރިއްޔާ "ހަނު ހުންނެވުމަކީ" ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑްވްސް، ޕީޕީއެމް އިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިހާރު އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީން މިހެން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފުލުހުން ބަލަމުންް އަންނަ ރިސްވަތުގެ މައްސަލައެއްގައި ޖުޑީޝަލްް ސާވިސް ކޮމިޝަން، ޖޭއެސްސީ އިން ސަސްޕެންޑުކޮށްފައިވަނިކޮށް އޭނާގެ ސަސްޕެންޝަން އުވާލުމަށް ސިޕްރީމް ކޯޓުން ނިންމުމުން އެކަން ގަބޫލު ނުކުރާނެކަމަށްް ޖޭއެސްސީން ބުނެފައިވަނިކޮށެވެ.

އަބްދުﷲ ދީދީގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

""މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ މައްސަލައަކީ، އެމްޑީޕީ އަށް ބާރު ލިބުނު ދުވަހު ޒާތީ ހަސަދައެއް ފިލުވާލުމަށް، ހުށަހަޅާފައިވާ މައްސަލައެއް ކަމަށް މި ޕާޓީން ދެކޭކަން އާއްމުކުރަމެވެ"

ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލުހުކުމް ކުރެއްވި އިރު ކްރިމިނަލް ކޯޓުގައި އެމައްްސަލަ ބެއްލެވީ އަބްދުﷲ ދީދީއެވެ.

ފުލުހުން ބަލަމުން އަންނަ މައްސަލައަކީ އަބްދުﷲ ދީދީގެ އަންހެނުންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާވި މައްސަލައެވެ.

ޕީޕީއެމުގެ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ދުސްތޫރީ ނިޒާމަކީ ޅަފަތުގައި އޮތް ނިޒާމަކަށްވާއިރު، ސުޕްރީމް ކޯޓުގެ އިސްނެންގެވުމާއެކު ޝަރުއީ ދާއިރާ ހަރުދަނާ ކުރުމުގެ މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށާއި އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައިވީ ނަމަވެސް ގައުމުގެ މަސްލަހަތުތައް ގެއްލޭގޮތަށް ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެން ކަންކަން ނުކުރުމަށް ގޮވާލާކަމަށެެވެ.

އަދި އެ ބަޔާނުގައި ބުނެފައިވަނީ ޖުޑީޝަރީ އިސްލާހު ކުރުމަށް ސުޕްރީމްކޯޓުން މަސައްކަތް ފަށާފައިވާކަމަށެވެ.

އެމްްޑީޕީގެ މަޖިލިސް އިންތިހާބުގެ މެނިފެސްޓޯގައި ޖުޑީޝަރީ އިސްލާހު ކުރުން ހުށަހަޅައިގެން މަސައްކަތް ކުރަމުން ދަނިކޮށް ސުޕްރީމްކޯޓުން އިސް ނަގައިގެން ޖުޑީޝަރީގެ މަގުޗާޓެއް ވަނީ އާންމުކޮށްފައެވެ. އެ މަގުޗާޓުގައި ޖުޑީޝަރީގެ ބަޖެޓު ކަނޑައެޅުމުގައި މިނިވަންކަން ހޯދަން އޮތުުމުން ގިނަބައެއްގެ ފާޑުކިއުން އެކަމަށް އަމާޒުވިއެވެ.

ޕީޕީއެމުން އެމްޑީޕީއަށް ނަސޭހަތްދީ ސުޕްރީމް ކޯޓުގެ ދިފާއުގައި ނޫސް ބަޔާން ނެރުނުއިރު މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލަ ބެލުމަށް އެކުލަވައިލި ބެންޗު ބަދަލުކުރުމަށް ފަހު، އެމަނިކުފާނު ދޫކޮށްލުމަށް ހައި ކޯޓުން ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އަމުރުކޮށްފައެވެ. އަދި ހައިކޯޓުން ވަނީ ފްރީޒްކޮށްފައިވާ އެކައުންޓުތައް ވެސް ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އެ މައްސަލަތައް ދައުލަތުގެ ފަރާތުން ސުޕްރީމްކޯޓުގައި އިސްތިއުނާފު ވެސް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

  1. މުހައްމަދު

    ރައީސް އަކީ ވަކި ބާރެއް. އެއްބާން އަނެއް ބާރުން ކުރާ ކަން ކަމު ތެރެއަށް ވަންނަން އެއީ ޕީޕީއެމް އިން ކުރަމުން އައި ކަމެއް. އެހެންވީމަ ކަންބޮޑުވަނީ.