ޕީސީބީގެ ރައީސްކަމަށް ހަމްދީ އަގީލު

1e3e938a 3475 4a16 9b3b 1c8f402baedf (1)
ޕީސީބީގެ ރައީސް ހަމްދީ އަގީލު

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ މަގާމަށް ހަމްދީ އަގީލު ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވައިފިއެވެ.

ހަމްދީ ކުރިންވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބުދަ އަދި ބުރާސްފަތި ދުވަހު މި ބޯޑަށް ހަތަރު މެންބަރަކު އައްޔަނުކުރައްވާފައެވެ.

އެ ބޯޑަށް ރައީސް އައްޔަނުކުރެއްވި ތިން މެންބަރުން:

  • އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިން: އަހުމަދު މުޝްތާގު، ދަފްތަރު ނަންބަރު ރސ. 4652
  • ބޭންކިންގެ ދާއިރާއިން: ލީނާ އަބްދުލްޖަލީލް، ވ. ބްލޫއޯޝަން/މާލެ
  • ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: މޫސާ ފަތުހީ އާދަމް، ރަންކޮކާގެ/ށ. ކޮމަންޑޫ
  • ޙަސަން މުޣުނީ (ސްޓެލްކޯގެ ކުރީގެ އެމްޑީ)

ޕީސީބީގެ ބޯޑުގެ ކޯރަމް ހަމަވާން ފަސް މެންބަރުން ބޭނުންވެއެވެ. ގާނޫނު ބުނާގޮތުން އެ ބޯޑުގައި ހަތް މެންބަރުން ތިބެންޖެހެއެވެ. ގާނޫނުގައި ބުނާ މިންވަރަށް މިހާރު އެ ބޯޑަށް ވަނީ މެންބަރުން ހަމަވެފައެވެ.

ފަހުގެ