ރައީސް ޔާމީނާއި ރައީސް މުއިއްޒު ރަސްމީކޮށް ރުޅިވެއްޖެ: ކޮންގްރެސް މެންބަރުން

Big F4y7lzcdvqslii78xm7n2rr0p

ކުރީގެ ރައީސް އަބްދުالله ޔާމީނާއި, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ދެމެދު މައްސަލަޖެހި, ދެ ބޭފުޅުން އެކަކުއަނެކަކާ “ރުޅިވެއްޖެ” ކަމަށް ވެރިކަންކުރާ ޕްރޮގްރެސިވް ކޯލިޝަނުގެ ބައެއް ބައެއް މެންބަރުން ބުނެފިއެވެ.

މީޑިއާތަކާ ވާހަކަދައްކަމުން އެ ކޯލިޝަނުގެ ކޮންގްރެސްގެ މެންބަރަކު ރޭ ބުނީ ރައީސް ޔާމީނާއި ޑރ. މުއިއްޒުއާ ދެމެދު ހިތްހަމަނުޖެހުން އުފެދި ރައީސް ޔާމިންގެ ފޯނުވެސް ޑރ. މުއިއްޒު މިހާރު ނުނަންގަވާކަމަށެވެ.

މި ހިތްހަމަނުޖެހުންތައް އުފެދިފައިވަނީ “ރައީސް ޔާމިން މިނިވަންކުރުމަށް” އެކަށީގެންވާ މިންވަރަށް ޑރ. މުއިއްޒު މަސައްކަތް ނުކުރައްވާތީކަމަށް މީޑިއާތަކާ ވާހަކަދެއްވި ކޮންގްރެސް މެންބަރު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވިދާޅުވިއެވެ.

ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޕީޕީއެމް އިން ވެސް އެ މަނިކުފާނު އެންޑޯޒް ކުރައްވައިގެންނެވެ.

ރޭ ޕީޕީއެމުން ވަނީ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ވަނީ ޕީޕީއެމްގެ ފަރާތުން ކުރީގެ މިނިސްޓަރު މަލީހު ޖަމާލާއި ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލު ރިޒާ ވާހަކަދެއްކެވިއެވެ. އެ ބޭފުޅުން ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ ދަށުން 12 މެންބަރުންގެ ސްޓިއަރިން ކޮމެޓީއެއް ޕީޕީއެމުން އުފައްދާފައިވާކަމަށެވެ.

އެގޮތުން ޕީޕީއެމްގެ ސްޕޯކްސް ޕާސަންގެ މަގާމުން ހީނާ ވަލީދު އިސްތިއުފާ ދެއްވާފައިވާކަމަށާއި, ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް އެ ޒިންމާއިން ދުރުކުރެވިފައިވާކަމަށް ރައީސް ޔާމިން އެންގެވިކަމަށް ރޭގެ ބައްދަލުވުމުގައި ޕީޕީއެމުން ވަނީ ބުނެފައެވެ.

ޕީޕީއެމްގެ މި ކުއްލި ބަދަލުތަކަކީ ރައީސް ޔާމިންއާއި ޑރ. މުއިއްޒު “ރަސްމީކޮށް ރުޅިވުން” ކަމަށް ޕްރޮގްރެސިވް ކޯލިޝަނުގެ ކޮންގްރެސްގެ ބައެއް މެންބަރުން ރޭ ވަނީ ވިދާޅުވެފައެވެ.

ރައީސް އަބްދުالله ޔާމިން ގާނޫނުގެ ތެރެއިން މިނިވަން ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ މުއިއްޒު ވެލައްވާފައިވާ ވައުދުފުޅެކެވެ. ނަމަވެސް އެމަނިކުފާނުގެ 100 ދުވަހުގެ ޕްލޭނުގައި ވެސް ރައީސް ޔާމިން މިނިވަންކުރުމުގެ މަސައްކަތްފެށުން ހިމަނުއްވާފައެއް ނުވެއެވެ.

ފަހުގެ