ޕީސީބީ އަށް ތިން މެންބަރުން އައްޔަނުކޮށްފި

0e8a6806 1693207101

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން (ޕީސީބީ) ގެ ބޯޑަށް ތިން މެންބަރުން އައްޔަނުކުރައްވައިފިއެވެ.

ތިން މެންބަރުން އެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަނުކުރައްވާފައިވާއިރު, ސަރުކާރު ކުންފުނިތައް ވަނީ އެ ބޯޑުގައި މިހާތަނަށް އެންމެ ތިން މެންބަރުން ތިބުމުގެ ސަބަބުން ހުއްޓުމަކަށް އައިސްފައެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެ ބޯޑަށް އައްޔަނުކުރެއްވި ތިން މެންބަރުންނާއެކު ބޯޑުގެ ކޯރަމް ހަމަވެ ޖަލްސާތައް ބޭއްވޭނެއެވެ.

އެ ބޯޑަށް ރައީސް އައްޔަނުކުރެއްވި ތިން މެންބަރުން:

  • އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިން: އަހުމަދު މުޝްތާގު، ދަފްތަރު ނަންބަރު ރސ. 4652
  • ބޭންކިންގެ ދާއިރާއިން: ލީނާ އަބްދުލްޖަލީލް، ވ. ބްލޫއޯޝަން/މާލެ
  • ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: މޫސާ ފަތުހީ އާދަމް، ރަންކޮކާގެ/ށ. ކޮމަންޑޫ

ޕީބީސީގެ ބޯޑުގެ ކޯރަމް ހަމަވާން ފަސް މެންބަރުން ބޭނުންވެއެވެ. އެ ބޯޑަށް އަލަށް އައްޔަނުކުރެއްވި މެންބަރުންނާއެކު އެ މި ހާރު އެ ބޯޑުގައި ތިބި މެންބަރުންގެ އަދަދަކީ 6 އެވެ. ގާނޫނު ބުނާގޮތުން އެ ބޯޑުގައި ހަތް މެންބަރުން ތިބެންޖެހެއެވެ.

ފަހުގެ