މަޖިލީހުންވެސް ރުހުން ނުލިބި, ރައްޔިތުންގެ ނުރުހުމުމާއެކު, އާ ހައުސިން މިނިސްޓަރު ހޫނުފެނަށް

328369 Ed6ef325 8
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަށް މަގާމުގެ ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ހަފްލާގެ ތެރެއިން

ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހައިސިން މިސްޓަރު ހޯމަ ދުވަހު ބޭއްވެވި ޕްރެސްކޮންފަރެންސްގައި ގެދޮރުވެރިކަމާ ގުޅޭގޮތުން ދެއްކެވި ވާހަފުޅުތަކުން އޭނާއަށް ގިނަބައެއްގެ ފާޑުކިއުން އަމާޒުވެ, މަޖިލީހުން ރުހުން ވެސް ނުލިބިދާނެކަމަށް ބެލެވެން ފަށައިފިއެވެ.

މިގޮތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ އާ ހައުސިން މިނިސްޓަރަށް މަޖިލީހުން ރުހުން ނުދިނުމަށް މިއަދު އިލްތިމާސް ކުރައްވާފައެވެ. މީކާއިލް މިގޮތަށް އެދިލެއްވީ, އެމްޑީޕީ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓްތަކުގެ ތެރެއިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގެ ފަހުން ދިން ގޯއްޗާއި ފްލެޓް ބަލައިނުގަންނާނެ ފަދަ މޭރުމަކުން ހައުސިން މިނިސްޓަރު ހޯމަ ދުވަހުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވާފައިވާތީއެވެ.

 މިނިސްޓަރު ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ދީ އަދި ގޯތީގެ ރަޖިސްޓްރީ ދީފައި ވިޔަސް، އޭގެ ތެރޭގައި ވުޖޫދުގައި ނެތް ބިންތައް ހިމެނޭ ކަމަށެވެ.

ބިމާ ބެހޭ ގާނޫނާއި ގަވާއިދުތައް ބަޔާންކުރާ ގޮތުގައި ގޯތީގެ ރަޖިސްޓްރީ ދެވޭނީ ބިން އޮތް ތަނަކުން ކަމަށްވެސް ވިދާޅުވިއެވެ. އެ ބިންތަކަކީ ގާނޫނީ ގޮތުން ސުވާލު އުފެދިފައިވާ ތަންތަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ބިންތައް އަތުނުލި ނަމަވެސް, އެ ބިންތަކުގެ ލޮކޭޝަން ބަދަލުވެދާނެކަމަށް މިނިސްޓަރު އިއްޔެ ވިދާޅުވިއެވެ.

މީގެއިތުރުން ކުރީ ސަރުކާރުން ދީފައިވާ ފްލެޓު ލިސްޓު ވެސް އޭސީސީން ތަހުގީގުކުރާތީ އަލުން ރިވިއުކުރައްވާނެކަމަށް ވެސް މިިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރުގެ މި ވާހަފުޅުތަކާއެކު އާންމުންގެ ގިނަބަޔަކުވެސް އަންނަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ބައެއް މީހުން އަންނަނީ މުޒާހަރާވެސް ކުރުމަށް ރާވަމުންނެވެ.

ފަހުގެ