ޕީސީބީ ބޯޑަށް މެންބަރުން އައްޔަނު ނުކުރެވި ސަރުކާރު ކުންފުނިތައް ހުއްޓުމަކަށް

377943 3 8bd78f5affb26418f8cdea814adbfa8beb3a2460 Large
ޕީބީސީގެ ބޯޑު މެންބަރުން މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން (ޕީސީބީ) ގެ ބޯޑަށް މެންބަރުން އައްޔަނުކުރުން ލަސްވެ ސަރުކާރު ކުންފުނިތައް ހިންގުމަށް ދަތިތަކެއް ކުރިމަތިވެއްޖެއެވެ.

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއެކު ސަރުކާގެ ގިނަ ކުންފުނިތަކުގެ ބޯޑުން ވަނީ އިސްވެރިން އިސްތިއުފާ ދެއްވާފައެވެ. އޭގެ ތެރޭގައި ފެނަކަ ފަދަ ރައްޔިތުންނަށް މުހިންމު އަސާސީ ހިދުމަތްދޭ ކުންފުނިތައް ފާހަގަކޮށްލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންވިތާ މިއަދަށް ފަސް ދުވަސް ވާއިރުވެސް, ޕީބީސީގެ ބޯޑަށް ކޯރަމް ހަމަވުމަށް ބޭނުންވާ މެންބަރުން އައްޔަނުކުރައްވާފައެއްނުވެއެވެ.

ޕީބީސީގެ ބޯޑުގެ ކޯރަމް ހަމަވާން ފަސް މެންބަރުން ބޭނުންވިއަސް, މިވަގިތު އެ ބޯޑުގައި ތިބީ ތިން މެންބަރުންނެވެ. ގާނޫނު ބުނާގޮތުން އެ ބޯޑުގައި ހަތް މެންބަރުން ތިބެންޖެހެއެވެ.

ސަރުކާރު ކުންފުނިތަކަށް ބޯޑު މެންބަރުން އައްޔަނުކުރަަން ގާނޫނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ބޯޑުތަކުގެ މެންބަރުންގެ ނަން ޕީބީސީ އަށް ފޮނުވަންޖެހޭނެކަމަށެވެ. އަދި އެ ނަންތައް އެ ބޯޑުން ފާސްކުރަންޖެހޭނެކަމަށެވެ.

ޕީބީސީގެ ބޯޑުގެ ކޯރަމް ހަމަނުވާތީ އެކަންބޮޑުން އެ ބޯޑުން ވަނީ މީގެ ދެ ދުވަސްކުރިން ފާހަގަކޮށްފައެވެ. އަދި ޕީޖީ އޮފީހުންވެސް ވަނީ ޕީބީސީ ބޯޑަށް އައްޔަނުކުރާ މެންބަރުންނަށް 10 މިނެޓުތެރޭގައި ކުށުގެ ރެކޯޑުވެސް ފާފުކޮށްދޭން ނިންމައިފައެވެ.

ފަހުގެ