މަޖިލީހުން ލަފާ ދިނުމުން ވެސް, އިޒްރޭލު ޕާސްޕޯޓާއެކު ރާއްޖެވަނުން ރައީސްއަށް މަނާނުކުރެވުނު

328973 3a8bf528 E
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނުގެ ސަފީރު ވަލީދު އޭ. އެމް. އަބޫޢަލީ އާ ބައްދަލުކުރެއްވުން

އިޒްރޭލު ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް މީހުން ވަނުން ހުއްޓުވުމާމެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދިވެސް ގޮތެއް ނުނިންމަވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ފިރުޒުލް މިހެން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީން ވެސް ވަނީ އިޒްރޭލުގެ ފަތުރުވެރިން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް ހެދުމަށް ސަރުކާރަށް ލަފާދީފައެވެ.

ރައީސް މުއިއްޒު ހުވާކުރެއްވުމަށްފަހު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައިވެސް އިޒްރޭލުން ފަލަސްތީނު ރައްޔިތުންނާމެދު ހިންގަމުން އަންނަ ގަތުލްއާންމު ހުއްޓާލުމަށް ގޮވާލައްވާފައިނުވާތީ ގިނަބައެއްގެ ކަންބޮޑުވުން ވަނީ އެ މައްސަލައިގައި ފާޅުކޮށްފައިއެވެ.

އިޒްރޭލު ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް ވަނުން މަނާކުރުމުގެ ޑެސިޝަން ރައީސް ނުނެންގެވި ނަމަވެސް, އާދިއްތަ ދުވަހު ވަނީ ޕަލަސްތީނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ, ސަފީފު ވަލީދު އޭ. އެމް. އަބޫޢަލީ އާ ބައްދަލުކުރައްވައި, ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، އެމަނިކުފާނާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ފަރާތުން އޮންނަ ހިފެހެއްޓުމެއްނެތް ތާއީދު ހާމަކުރައްވައި، އެމަނިކުފާނާއި އަދި ދިވެހިރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައިކަން ފާހަގަކުރައްވާފައެވެ.

ފަހުގެ