ރާއްޖޭގައި ތިބި އެތައް ހާސް އިންޑިއާ ސިފައިންނެއް ގެއްލިއްޖެ

Big X5fo3xrzob5nbft3fz1r4j4kz

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމާއި, އެ ސިފައިން ބޭލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެލެއްވި އެންމެ މުހިންމު އެއް ވަދުދުފުޅެވެ.

މަގާމުގެ ހުވާ ކުރެއްވުމުގެ ކުރިން ޑރ. މުއިއްޒު އަލް ޖަޒީރާ އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ރާއްޖޭގައި “އެތައް ހާސް” އިންޑިއާ ސިފައިން އެބަތިބިކަމަށެވެ.

ރާއްޖޭގައި އިންޑިއާގެ ޖުމްލަ 77 ސިފައިންގެ މީހުން ގާއިމުވެ ތިބިކަން ސަރުކާރުން ވަނީ އާދިއްތަ ދުވަހު ހާމަކޮށްފައެވެ. މިކަން ހާމަކުރީ އާދިއްތަ ދުވަހު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލެވެ. 

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފިރުޒުލް ވިދާޅުވީ ރާއްޖޭގައި ގާއިމުވެ ޖުމްލަ 77 އިންޑިއާ ސިފައިންގެ މީހުން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ އެއް ހެލިކޮޕްޓަރު ދުއްވަން 24 ސިފައިން، ޑޯނިޔާ މަތިންދާބޯޓް ދުއްވަން 25 ސިފައިން، އަދި ދެވަނަ ހެލިކޮޕްޓަރު ދުއްވަން 26 ސިފައިންގެ އިތުރުން، މެއިންޓެނަންސްއާއި އިންޖިނިއަރިންގެ މަސައްކަތުގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިންގެ 2 މީހެކެވެ. 

މީގެ ކުރިންވެސް 2021 ވަނަ އަހަރު މި ނިމުނު އެމްޑީޕީ ސަރުކާރުގެ ފަރާތުންވެސް ހާކުރި އަދަދާއި އާދިއްތަދުވަހު ޕީއެންސީގެ އާ ސަރުކާރުން ހާމަކުރި އަދަދާ ދާދި އެއްގޮތެވެ. މިގޮތުން ރާއްޖޭގައި އިންޑިއާގެ 75 ސިފައިން އެބަތިބިކަމަށް ކުރީގެ ސަރުކާރުން އޭރު ވަނީ ހާމަކޮށްފައެވެ. ނަމަވެސް އޭރު އެކަމާއި ދެކޮޅަށް އިދިކޮޅުން އަޑުއުފުލައި އެއީ ނުބައި އަދަދެއްކަމަށް ބުންޏެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި “އެތައް ހާސް އިންޑިއާ ސިފައިން” ވީ ކޮންތާކުބާއެވެ?

ފަހުގެ