މިއަދުން ފެށިގެން ދިވެހި ދިދަ 24 ގަޑިއިރު ނަގާފައި ހުންނާނެ: ރައީސުލްޖުމްހޫރިއްޔާ

327815 43b65518 9

ޑރ. މުަހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވާފައިވަނީ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައެވެ.

އެ މައިދާނުގައި ތަގުރީރުކުރައްވަމުން މުއިއްޒު ވަނީ ދިވެހި ދިދައާއި މުހާތަބު ކުރައްވައި އަސަރުގަދާ ވާހަކަފުޅުތަކެއް ހިއްސާކުރައްވާފައެވެ. އޭގެތެރޭގައި މުހިންމު ވައުދުފުޅެއް ވަނީ ދިވެހި ދިދައަށްވެވަޑައިގެންފައެވެ.

” މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ތިބާހުރި ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!” މިގޮތަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުއިއްޒު ޖުމްހޫރީ މައިދާނުގައި ނަގާފައި ހުރި ރާއްޖޭގެ ގައުމީ ބޮޑު ދިދައާ މުހާތަބުކުރައްވައި ވިދާޅުވިއެވެ.

ރައީސްގެ މިވައުދު ފުޅާއެކު, ޒަމާނުއްސުރެ 6 ޖެހީއްސުރެ ދިވެހި ދިދަ ތިރިކުރަމުން އައި އައުން ނިމުމަކަށް އަންނާނެއެވެ.

މިހާރު ރާއްޖޭގައި ބޭނުންކުރާ ދިދައިގެ ޑިޒައިން ފާސްކުރީ ޖުލައި 26، 1965 ގައި އިނގިރޭސިވިލާތުގެ ފަރާތުން ރާއްޖެ އަށް މިނިވަންކަން ލިބުމުންނެވެ. 1165 ވަނަ އަހަރުން ފަށައިގެން ދިވެހިރާއްޖޭގެ ދިދައިގެ 6 ޑިޒައިން ފާސްކޮށްފައިވެއެވެ.

ފަހުގެ